ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 09:30
ރިތިކް ރޯޝަން
ރިތިކް ރޯޝަން
އިންޑިއަން އެކްސްޕްރެސް
ބޮލީވުޑް
ރިތިކްގެ "ކާބިލް"އަށް ވުރެ ބޮޑު އާމްދަނީއެއް "ސުޕަރ 30" އަށް ލިބިއްޖެ
މި ފިލްމަށް ވަނީ 11.83 ކްރޯޑް ރުޕީސް ލިބިފައި
ކާބިލް އަށް ލިބިފައިވަނީ 10.43 ކްރޯޑް ރުޕީސް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ރިތިކް ރޯޝަންގެ ފިލްމް " ސުޕަރ 30" އަށް ފިލްމް ރިލީޒް ކުރި ދުވަހު ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ވަނީ 11.83 ކްރޯޑް ރުޕީސް ލިބިފައެވެ.

އެހެންކަމުން މި ފިލްމަށް ލިބުނު އާމްދަނީ މިވަނީ ރިތިކް އެންމެ ފަހުން ކުޅުނު ފިލްމް "ކާބިލް" އަށް ވުރެ ވެސް މައްޗަށް ޖެހިލާފައެވެ.

2017 ވަނަ އަހަރު ރިލީޒްކުރި މި ފިލްމަށް ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.43 ކްރޯޑް ރުޕީސްއެވެ.

މީގެ އިތުރުން "ސުޕަރ 30" އަށް ވަނީ އެޖޭ ދޭވްގަން ކުޅެފައިވާ ފިލްމް "ރެއިޑް" އަދި އަކްޝޭ ކުޅެފައިވާ ފިލްމް "ޕެޑް މޭން" އަށް ވުރެ ވެސް ބޮޑު އާމްދަނީއެއް ފިލްމް ރިލީޒް ކުރި ދުވަހު ލިބިގެން ގޮސްފައެވެ.

" ސުޕަރ 30" އަކީ މަޝްހޫރު މެތަމެޓިޝަން ކަމަށްވާ އާނަންދު ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

- ކޮމެންޓް