ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 00:16
ދުނިޔޭގެ އެންމެ ބޮޑު ހެކެތޯން ސީރީސް އޭންޖަލްހެކް ރާއްޖޭގައި ފަށުމުގެ ހަފްލާގެ ތެރެއިން
ދުނިޔޭގެ އެންމެ ބޮޑު ހެކެތޯން ސީރީސް އޭންޖަލްހެކް ރާއްޖޭގައި ފަށުމުގެ ހަފްލާގެ ތެރެއިން
ދިރާގު
ހެކެތޯން ސީރީސް އޭންޖަލްހެކް
ދުނިޔޭގެ އެންމެ ބޮޑު ހެކެތޯން ސީރީސް އޭންޖަލްހެކް ރާއްޖޭގައި ފަށައިފި
އޭންޖަލްހެކް އަކީ ބައިނަލްއަގްވާމީ ހެކަތޯންއެއް
މި ހެކަތޯން އެންމެ ފުރަތަމަ ފަށާފައިވަނީ ސެންފްރާންސިސްކޯ ގައި

ދިރާގު އެމްއެމްއޭ އަދި ސްޕާކްހަބް އިން ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން ކަމަށްވާ "އޭންޖަލްހެކް"ގެ 2 ވަނަ ހެކަތޯން ރާއްޖޭގައި ފަށައިފިއެވެ.

އޭންޖަލްހެކް އަކީ ބައިނަލްއަގްވާމީ ހެކަތޯން އެކެވެ. މި ހެކަތޯން އެންމެ ފުރަތަމަ ފަށާފައިވަނީ ސެންފްރާންސިސްކޯ ގައެވެ. އަދި އޭގެ ފަހުން މިހާތަނަށް 150 އަށްވުރެ ގިނަ ސިޓީގައި 150،000 އަށް ވުރެ ގިނަ ޑިވެލޮޕަރުން، ޑިޒައިނަރުން އަދި ކުދި ވިޔަފާރިވެރިނަށް ވަނީ މި ހެކަތޯންގެ ގެ ސަބަބުން އެހީތެރި ވެދީފައިއެވެ.

ކޮންމެ އަހަރަކު އޭންޖަލްހެކްގެ ހެކަތޯން ތައް މުޅި ދުނިޔޭގެ އެކި ހިސާބު ތަކުގައި ކުރިއަށްގެންދެއެވެ. އަދި 2019 ވަނަ އަހަރުގެ އެކަނި ވެސް 6 ކޮންޓިނެންޓްގައި މި ހަރަކާތް ކުރިއަށް ގެންދާނެއެވެ. އަދި 2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހެކަތޯންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮމްޕިއުޓަރު ޓެކްނޮލޮޖީގެ ހުނަރުވެރި ގިނަ ޒުވާނުންތަކެއް ބައިވެރިވެ، ތަފާތު އީޖާދީ އެޕްތަކާއި ސޮފްޓްވެއާތައް ކޯޑުކޮށް، ޓެސްޓުކުރުމާއި ލޯންޗުކުރުން ފަދަ ހަރަކާތްތައް ފެނިގެންދާނެއެވެ.

މި އަހަރު އެންޖަލްހެކް އިން މަސައްކަތްކުރަމުން ދަނީ 4 މަސްދުވަހުގެ ތެރޭގައި 300 ހެކަތޮންސް ބައިވެރިކުރުމަށެވެ. އޭންޖަލްހެކް ގައި ބައިވެރިވެގެން އެއްވަނަ އަށްދާ ފަރާތަތަކަށް އޭންޖަލްހެކްގެ ގްލޯބަލް ވާޗުއަލް ޕްރީ އެކްސެލެރޭޓަރ ޕްރޮގްރާމް ކަމުގައިވާ "ހެކްސެލެރޭޓާ" ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. ބާރަ ހަފްތާގެ މުއްދަތަށް ކުރިއަށްދާ "ހެކްސެލެރޭޓާ"ގެ ބައިވެރިންނަށް ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު ނާރެސް، އެމެރިކާގެ ސެން ފްރެންސިސްކޯގެ ސިލިކޮން ވެލީ އިން ބައިނަލްއަގުވާމީ މެންޓަރުންގެ އެހީ ލިބި، އެ ފަރާތްތަކުގެ ޕްރޮޖެކްޓުތަކާއި ހިޔާލުތައް ރަނގަޅު ފެންވަރުގެ ސްޓާޓްއަޕް ތަކަކަށް ބަދަލުކުރުމަށް މަގުފަހި ކޮށްދޭނެއެވެ.

އޭންޖަލްހެކް"ގެ 2 ވަނަ ހެކަތޯން ރާއްޖޭގައި ފެށުމުގެ ތެރެއިން

ދިރާގު، އެމްއެމްއޭ އަދި ސްޕާކްހަބް އިން މައުލޫމާތުދޭ ގޮތުގައި އެންޖަލްހެކްގެ ޒަރިއްޔާއިން ބައިވެރިންނަށް ދޫނުކުރާވަރުގެ ވަރުގަދަ ތަޖުރިބާތަކެއް ލިބި، އާ ހިޔާލުތަށް ދިރުވާ ތަރައްގީ ކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ. އަދި "އެންޖަލްހެކް މޯލްޑިވްސް 2019" ރާއްޖޭގައި ބާއްވަން ގަސްތުކޮށްފައިވާ އެންމެ ބޮޑު ބޭނުމަކީވެސް ދިވެހި ޒުވާނުންގެ މެދުގައި ސްޓާޓަޕް ކަލްޗަރ އަށަގަނެ، އިނޮވެޓިވް ޑިޖިޓަލް ސޮލިއުޝަންސް ހޯދައިދިނުމަށެވެ. މި އަހަރުގެ އެންޖަލްހެކް ތީމް ކަމަށްވާ "އިނޮވެޓަރސް ރައިސިންގ" އިން ގިނަ އަދަދެއްގެ ދިވެހި ހުނަރުވެރި ޑެވެލޮޕަރުންނާއި ޑިޒައިނަރުންނާއި އަދި ވިޔަފާރިވެރިން އެއްތަނަކުން ދިމާވެ، މުޅި ދުނިޔެއަށް ހުނަރު ދައްކާލުމަށް ފުރުސަތު ލިބިގެންދާނެއެވެ.

- ކޮމެންޓް