Advertisement
ކ. މާލެ
|
13 ޖުލައި 2019 | ހޮނިހިރު 19:00
އައްޑޫ ސިޓީ ކޯގަންނު ގަބުރުސްތާނު ސަރަހައްދު: ސަގާފީ ތަރިކައިއެއް
އައްޑޫ ސިޓީ ކޯގަންނު ގަބުރުސްތާނު ސަރަހައްދު: ސަގާފީ ތަރިކައިއެއް
އައްޑޫ ލައިވް
ސަގާފީ ތަރިކައިގެ ބިލް
ސަގާފީ ތަރިކައިގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި
ބިލް މިހާރު އޮތޯ ކޮމިޓީ މަރުހަލާގައި
ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 76 މެމްބަރުން ވޯޓު ދެއްވާފައިވޭ
ކޮމިޓީގެ މެއިލްއަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހިޔާލު ހުށައެޅޭނެ

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލަށް އާންމުންގެ ހިޔާލާއި ކޮމެންޓް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

މި ބިލް މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 76 މެމްބަރުން ވޯޓް ދެއްވާފައިވެއެވެ. ބިލް މިހާރު އޮތީ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައެވެ.

މި ބިލަށް ހިޔާލު ހުށައެޅުމުގެ ސުންގަޑިއަކީ 16 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. ރައްޔިތުންގެ ހިޔާލުތައް ކޮމިޓީގެ މެއިލް އެޑްރެސް[email protected]އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވޭނެ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިކަމާއި ގުޅިގެން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

Advertisement

"ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު" ގެ ނަންދެވިފައިވާ ބިލުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ސަގާފީ ތަރިކަތައް ކަނޑައެޅުމާއި، ތަރިކަ ހިމާޔާތްކުރުމާއި ދެނެގަތުމުގައި ދައުލަތާއި އަމިއްލަ ފަރުދުންގެ ޒިންމާ ކަނޑައެޅުން ހިމެނެއެވެ.

އޭގެ އިތުރުން މި ތަރިކަތަކާއި ބެހޭ ދިރާސާތައް ކުރުމާއި ތަރިކަތައް ބެލެހެއްޓުމާއި ގުޅޭ ހުރިހާ އުސޫލެއް ކަނޑައެޅުމާއި ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަކަށް ކުރެވޭ ކުށްތަކަށް އަދަބު ކަނޑައެޅުން ވެސް ބިލުގައި ހިމަނާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް