ކ. މާލެ
|
13 ޖުލައި 2019 | ހޮނިހިރު 09:25
ރާމް ކަޕޫރް
ރާމް ކަޕޫރް
އިންސްޓަގްރާމް
ރާމް ކަޕޫރް
ރާމް ކަޕޫރް 30 ކިލޯ ލުއިކޮށް ފޭނުން ހައިރާން ކޮށްލައިފި
މީހާ ފެންނަނީ ފިޓްކޮށް
އަދިވެސް ހިކެން ބޭނުން
ފޮޓޯ ޝެއާކުރީ އިންްސްޓަގްރާމްގައި

ހިންދީ ޓީވީ ސީރީސް ބަޅޭ އައްޗޭ ލަގްތޭހޭ އަދި ކަސަމްސޭ އިން އާއްމުންގެ ތެރެެއަށް މަޝްހޫރުވެގެން ދިޔަ ރާމް ކަޕޫރް ބަރުދަނުން 40 ކިލޯ ލުއިކޮށްފިއެވެ.

އުމުރުން 45 އަހަރުގެ ރާމް ވަނީ އޭނާ ފަލަކޮށް ހުރި އިރުގެ ފޮޓޯ އަކާއި މިހާރު ހުރި ގޮތުގެ ފޮޓޯއެއް އިންސްޓަގްރާމްގައި ޝެއާ ކޮށްފައެވެ.

އެ ފޮޓޯއިން ރާމް ފެންނަނީ ވަރަށް ފިޓްކޮށެވެ. މޫނު މަތި އޮމާންވެ މީހާގެ ހަށިގަނޑަށް ވަނީ ބޮޑެތި ބަަދަލުތަކެއް އައިސްފައެވެ. ފޮޓޯ އަށް ގިނަ ފިލްމީތަރިންގެ އިތުރުން އޭނާގެ ފޭނުން ވަނީ ކޮމެންޓްކޮށް، ރާމް އަށް ތައުރީފް ކޮށްފައެެވެ.

ރާމް ބުނީ، ހިކެން ވެގެން މަސައްކަތް ފެށީ މީގެ ދެ އަހަރު ކުރިން ކަމަށެވެ. އޭރު ފެށިއިރު ބަރުދަނުގައި 130 ކިލޯ ހުއްޓެވެ. ރާމް ބޭނުންވަނީ އަދިވެސް އިތުރަށް ހިކެންށެވެ. އޭނާ ބޭނުންވަނީ އިތުރުށް 30-25 ކިލޯ ދެމެދުގެ އަދަދެއް ހަށިގަނޑުން ލުއި ކުރުމަށެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 44 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް