Advertisement
ކ. މާލެ
|
12 ޖުލައި 2019 | ހުކުރު 22:59
ގދ. ތިނަދޫގައި ބޭއްވުނު ޖަޒީރާ ހޮޅުއަށީގެ ތެރެއިން
ގދ. ތިނަދޫގައި ބޭއްވުނު ޖަޒީރާ ހޮޅުއަށީގެ ތެރެއިން
ރައީސް އޮފީސް
ޖަޒީރާ ހޮޅުއަށި
ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް މަސް ގަނެވޭނެ ގޮތް ހަދަނީ
މިއީ ޖަޒީރާ ހޮޅުއަށީގެ ތިން ވަނަ ބައްދަލުވުން

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރަށަކުންވެސް މަސް ގަނެވޭނެ ގޮތް ހެދުމަށްޓަކައި މަސައްކަތްކުރަމުން އަންނަކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދް ޞޯލިހް ވިދާޅުވެއްޖެއެވެ.

ޖަޒީރާ ހޮޅުވަށި ސިލްސިލާގެ ދަށުން ބޭއްވި ތިން ވަނަ ބައްދަލުވުމުގައި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކޮންމެ ސަރަހައްދަކުންވެސް މަސްގަތުމަށް ބޭނުންވާ ދިރާސާއެއް ފިޝަރީޒް މިނިސްޓްރީއިން ހަދާފައިވާކަމަށެވެ. އަދި މި ދިރާސާ މިހާރު އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އަންނަނީ މަސްގަތުމަށް ފަސޭހަވާނޭ މަގުތައް މަގުފަހިކުރުމަށްޓަކާ މަސައްކަތް ކުރަމުން ކަމަށެވެ.

Advertisement

ގދ. ތިނަދޫގައި ބޭއްވިގެންދިޔަ ޖަޒީރާ ހޮޅުއަށީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި، ފިޝަރީޒް މިނިސްޓާރ ޒަހާ ވަހީދުގެ އިތުރުން އެސްޓިއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރުވެސް ވަނީ ބައިވެރިވެލައްވާފައެވެ.

ޖަޒީރާ ހޮޅުއަށީގެ ތިން ވަނަ ބައްދަލުވުން ގދ. ތިނަދޫގައި ބޭއްވިގެން ދިޔައިރު ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ރައީސް އިބްރާހިމް ޞޯލިހްގެ ރިޔާސީ ވައުދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް