Advertisement
ކ. މާލެ
|
11 ޖުލައި 2019 | ބުރާސްފަތި 22:53
ހާރިޖީ ވަޒީރު ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާ އެކު
ހާރިޖީ ވަޒީރު ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާ އެކު
މުހައްމަދު ޝަރުހާން
ކޮމަންވެލްތް
ރާއްޖެ، ކޮމަންވެލްތާއި ގުޅުން އަވަސްކޮށްދިނުމަށް ގޮވާލި ގައުމުތަކަށް ޝާހިދުގެ ޝުކުރު
ހަ ގައުމަކުން ގޮވާލި
މެމްބަރޝިޕް ދިނުން އަވަސްކުރުމަށް އެދިފައިވޭ
އޮސްޓްރޭލިޔާ އިންވެސް ބޭނުންވަނީ ރާއްޖެ އަވަހަށް ގުޅުމަށް

ދިވެހިރާއްޖެ ކޮމަންވެލްތާއި ގުޅުން އަވަސް ކޮށްދިނުމަށް ގޮވާލި ގައުމުތަކަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޝުކުރު އަދާކޮށްފިއެވެ.

Advertisement

އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ 19 ވަނަ ބައްދަލުވުމުގައި ރާއްޖެ ކޮމަންވެލްތާއި ގުޅުން އަވަސްކޮށް ދިނުމަށް އިންޑިއާ، ބަންގްލަދޭޝް، ކެނެޑާ، ޕާކިސްތާން އަދި ރުވާންޑާގެ އިތުރުން ސްރިލަންކާ އިންނެވެ. އެ ގައުމުތަކަށް ޝުކުރު އަދާކުރަމުން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއާ އެ ގައުމުތަކާއި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ.

އެ ގައުމުތަކުގެ ތެރެއިން ސްރީލަންކާއިން ބުނި، ރާއްޖެ ކޮމަންވެލްތުން ވަކިވެފައިވާ ގޮތުގެ ސަބަބުން، ގެމްބިއާ އަލުން ކޮމަންވެލްތާއި ގުޅުމަށް ގެންގުޅުން "ފާސްޓް ޓްރެކް"ގެ ފުރުސަތު ރާއްޖެއަށްވެސް ދޭން ޖެހޭ ކަމަށެވެ.

އަންނަ އަހަރު ކިގާލީ ގައި ބާއްވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގައި ރާއްޖެ އަށް ބައިވެރިވެވޭނެ ވަގުތު އޮއްވައި ރާއްޖެއަށް މެމްބަރޝިޕް ދިނުމަށްވެސް ލަންކާއިން ގޮވާލިއެވެ. މީގެ އިތުރުން ބަންގްލަދޭޝް، ކެނެޑާ، އިންޑިއާ، ރުވާންޑާ އަދި ޕާކިސްތާނުންވެސް ރާއްޖެއަށް މެމްބަރޝިޕް ދިނުން އަވަސްކުރުމަށް ކޮމަންވެލްތު ސެކްރެޓޭރިއޭޓަށް ގޮވާލިއެވެ.

ދާދިފަހުން އޮސްޓްރޭލިއާ އެމްބެސެޑަރ ވަނީ މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ރާއްޖެ އަށް ކޮމަންވެލްތުގެ މެމްބަރުކަން އަވަހަށް ލިބުމަށް އޮސްޓްރޭލިއާއިން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް ވަނީ ރާއްޖެއަށް އައިސް އެސެސްމަންޓް ހަދާފައެވެ. އަދި ކޮމަންވެލްތުން އެދުނު ލިޔުންތައް އެންމެ ފަހުން މިނިސްޓަރ ޝާހިދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ބައްދަލުކުރެއްވި އިރު ވަނީ އަރުވާދައެޗެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް