ކ. މާލެ
|
11 ޖުލައި 2019 | ބުރާސްފަތި 18:55
އާ ސީޕްލޭން ޓަރމިނަލް
އާ ސީޕްލޭން ޓަރމިނަލް
އެމްއޭސީއެލް
ސީޕްލޭން ޓަރމިނަލް
ސީޕްލޭން ޓަރމިނަލް ނިމުމަކާއި ގާތަށް
 
އާ ސީޕްލޭން ޓަރމިނަލްގެ ސްޓްރަކްޗަރ މަސައްކަތް މިހާރު ވަނީ ނިމިފައި

ވެލާނާ އިންޓަރނޭޝަނަލްގެ އާ ސީޕްލޭން ޓަރމިނަލް ނިމުމަކާއި ގާތްވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ އާ ސީޕްލޭން ޓަރމިނަލްގެ ސްޓްރަކްޗަރ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ފަސާޑް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ސީޕްލޭން ޓަރމިނަލްގެ އެތެރޭގައި ހަރު ކުރާ އެސްކެލޭޓަރުތައް މިހާރު ހަރުކޮށް ނިންމައިފައިވާ ކަމަށާއި ޓަރމިނަލްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އެއަރކޮންޑިޝަން ހަރުކޮށް ކަރަންޓާއި ފެންވައިރު ކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ.

ވެލާނާ އިންޓަރނޭޝަނަލްގެ އާ ސީޕްލޭން ޓާމިނަލް މި އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސިއެލް) ގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސޮލާހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ރާއްޖޭގައި އޮންނައިރު، އާ ޓާމިނަލް ހަދަމުންދަނީ މިހާރު ހުރި ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑުކޮށެވެ. އާ ޓާމިނަލް ތަރައްގީކުރަނީ އެއީ 28،000 އަކަ މީޓަރުގެ ޖާގައެއްގައެވެ.

އަލަށް ތަރައްޤީކުރާ ސީޕްލޭން ޓާމިނަލަކީ މިހާރު ބޭނުންކުރާ ޓާމިނަލާ ތަފާތުކޮށް އިމާރާތުގެ ދެފަރާތުންވެސް ބޭނުންކުރެވޭގޮތަށް ތަރައްޤީކުރާ ޓާމިނަލްއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަނީ ޗައިނާގެ އެންމެ ބޮޑު ކޮންސްޓަރކްޝަން ކުންފުނިކަމަށްވާ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީއާ ހަވާލުކޮށްގެންނެވެ.

އެއާޕޯޓުގެ ސީޕްލޭން ބޭސްއިން ފަސްދޮޅަހަށްވުރެ ގިނަ ސީޕްލޭން އޮޕަރޭޓްކުރަމުންދާއިރު ދުވާލެއްގެ މައްޗަށް 2000 ހަށް ވުރެ ގިނަ މީހުން އެ ޓާމިނަލުން ޚިދުމަތް ހޯދައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
17%
0%
0%
17%
17%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ