Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 22:34
ފެނަކަ ކޯޕަރޭޝަންގެ ބޯޑު މެމްބަރުން
ފެނަކަ ކޯޕަރޭޝަންގެ ބޯޑު މެމްބަރުން
ރައްޔިތުންގެ މަޖިލިސް
ފެނަކަ ކޯޕަރޭޝަން
ފެނަކައިން އަމަލު ކުރާނެ އާ ގަވާއިދެއް އެކުލަވާލަނީ
އެގަވާއިދަށް އަމަލު ކުރަން ފަށާނީ އޮގަސްޓް މަހުން ފެށިގެން

ފެނަކައިން އަމަލު ކުރާނެ އާ ގަވާއިދެއް އެކުލަވާލަމުން ދާ ކަމަށް ފެނަކައިން ބުނެފިއެވެ.

ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމުގައި ދިހަ މިލިއަން ރުފިޔާއަށް ވުރެ ދަށުން ކުރެވޭ މުއާމަލާތަށް އެ ވަގުތެއްގައި ކުންފުންޏާއި ހަވާލުވެގެން ހުންނަ ފަރާތަކަށް ހުއްދަދެވޭ ގޮތަށް ރައީސް ޔާމީންގެ ސަރުކާރުގައި އެކުލަވާލާފައިވާ ފެނަކައިގެ ގަވާއިދުގައި އޮތުމުން ކަންބޮޑުވެލައްވާ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ވިދާޅުވެފައެވެ.

މެމްބަރު ރަޝީދު ވިދާޅުވީ، ދިހަ މިލިއަން ރުފިޔާ އަކީ ވަރަށް ބޮޑު އަދަދެއް ކަމަށާއި މިއީ މާލިއްޔަތު ގާނޫނާއި މުޅިން ޚިލާފު ކަމެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ކޮށްފައިވާ ވައްކަމުގެ ތެރެއަށް އަނެއްކާ ވެސް ފެނަކައިން ވަންނަނީތޯ މެމްބަރު ވަނީ ސުވާލު ކުރައްވާފައެވެ.

Advertisement

މެމްބަރު ކުރިމަތި ކުރުވި ސުވާލަށް ޖަވާބު ދެއްވަމުން ފެނަކައިގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވީ ދެލައްކަ ފަންސަވީސް ހާހަށް ވުރެ މަތީ ކޮންމެ މުއާމަލާތެއްގައި ބޭނުން ކުރާނީ ޓެންޑާރ އުސޫލް ކަމަށެވެ.

އަދި އާގަވާއިދެއް އެކުލަވާލާ ޑްރާފްޓްކޮށް ބޯޑުން ނިންމަން ޖެހޭ ނިންމުންތައް ނިންމަމުންދާ ކަމަށާއި އެގަވާއިދަށް އަމަލު ކުރަން ފަށާނީ އޮގަސްޓް މަހުން ފެށިގެން ކަމަށް ފެނަކައިގެ ޗެއާރމަން މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ބައްދަލުވުން ނިންމާލަމުން މިހާރު ފެނަކާގައި ކުރިީގެ ސަރުކާރުން ޖެހި ސަކަރާތެއް ނުޖެހޭނެ ކަމަށާއި ފެނަކައިގެ ފައިސާ، ނުވަތަ ރައްޔިތުންގެ ފައިސާ ރައްކާތެރިކުރާނެ ކަމުގެ ޔަގީންކަން ފެނަކައިގެ އެމްޑީ ކޮމެޓީއަށް ދެއްވައިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް