ކ. މާލެ
|
10 ޖުލައި 2019 | ބުދަ 19:39
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
ޓްވިޓަރ
މޯލްޑިވިއަން
މޯލްޑިވިއަން އިން އިތުރު ދެ މަތިންދާ ބޯޓު ގެންނަނީ
 
މޯލްޑިވިއަން އިން މިހާރު 10 ބޯޓު ބޭނުންކުރޭ ދަތުރުތައް ކުރުމަށް
 
އެ އެއާޕޯޓްތައް ހުޅުވުމުން އިތުރު ފްލައިޓް ބޭނުންވާނެ
 
މި އަހަރުގެ ތެރޭގައި ހަތަރު އެއާޕޯޓް އަލަށް ހުޅުވާނެ

މޯލްޑިވިއަން އިން އިތުރު ދެ މަތިންދާ ބޯޓު ގެންނަން ނިންމައިފިއެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގައި އަންގާރަ ދުވަހު އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އަލަށް ތަރައްގީކޮށް ހުޅުވާ އެއާޕޯޓުތަކަށް ދަތުރުތައް ކުރުމަށް އިތުރު ދެ މަތިންދާބޯޓު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި އަހަރުގެ ތެރޭގައި ހަތަރު އެއާޕޯޓް އަލަށް ހުޅުވާއިރު މިހާރު ހުރި ފްލައިޓުތަކުން އެ އެއާޕޯޓުތަކަށް ދުވަހުން ދުވަހަށް ދަތުރުތައް ނުކުރެވޭނެ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުތައް ކުރުމަށް 10 ބޯޓު ބޭނުން ކުރަމުން އަންނައިރު ރާއްޖޭގެ 11 އެއާޕޯޓަކަށް މޯލްޑިވިއަނުން ދަތުރުތައް ކުރެއެވެ.

ކޮމިޓީގައި ރިޒްވީ އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު އައިލެންޑް އޭވިއޭޝަނަށް ލިބުނު ފައިދާއަށް ވުރެ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އައިލެންޑް އޭވިއޭޝަނަށް ލިބުނު ފައިދާ އިތުރުވެފައިވާ ކަމަށެވެ.

ލީޓް އެކްސްޕޭންޝަންގެ މަސައްކަތް މިހާރު އައިލެންޑް އޭވިއޭޝަނުން ކުރަމުން އަންނަ ކަމަށް ވެސް ރިޒްވީ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
67%
33%
ކޮމެންޓް