Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 15:00
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޝުއައިބް މުހައްމަދު އިގްބާލް
އަބްދުﷲ ޖާބިރު
ކެސީނޯއާ ރަލުގެ މައްސަލާގައި ޖާބިރު ރުޅިގަދަވެ ހޫނު ޒުވާބެއް!
ބަނގުރާ ވިއްކަނީ ކީއްވެގެންތޯ ސުވާލު ކުރެއްވި
މަޖިލީހު ތަޅުމުން ޖާބިރު ބޭރުކޮށްލި
އެސްއޯއީ ކޮމިޓީން އިސްތިއުފާ ދެއްވި

ކެސީނޯ އަޅަން ހުއްދަނުދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރުޅިގަދަވެ، އަޑުގަދަ ކުރުމަށްފަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ދޫކޮށް ވަޑައިގެންފިއެވެ.

ބުދަ ދުވަހު ޖާބިރު ވަނީ މަޖިލީހުގެ ތަޅުމުގައިވެސް އަޑުގަދަ ކުރައްވައި މަޖިލީހުގެ ރިޔާސަތަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވާފައެެވެ. އެ މައްސަލާގައި ރިޔާސަތު ގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްލާފަ އެވެ.

އޭގެފަހުން އެސްއޯއީ ކޮމިޓީއަށް ވަޑައިގެން ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އަށް ބަހުގެ ހޫނު ހަމަލާތަކެއް ދިނުމަށްފަހު އެ ކޮމީޓީން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެ ކޮމިޓީގެ އެ ބައްދަލުވުންވެސް ދޫކޮށް ވަޑައިގެންނެވިއެވެ.

Advertisement

ބުދަ ދުވަހު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވެސް ވަނީ ހަމަ އެފަދަ ގޮތަކަށް ކަންތައް ހިނގާފައެވެ.

އެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހިދާއި، ޖާބިރު ސުވާލެއް ކުރިމަތި ކުރެއްވިއެވެ. ރާއްޖޭގައި ކެސީނޯ އަޅަން ހުރަހެއް އެބައޮތްތޯއެވެ. ޖާބިރު އެ ސުވާލު ކުރުމުން ނިޒާމީ ނުކުތާއެއް ނަންގަވައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ކެސީނާ ގުޅޭ ގޮތުން ވާހަކަ ނުދެއްކެވުމަށެވެ.

ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ގާނޫނީ އަސާސީގައި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާއިރު ކެސީނޯ އަޅަން އެއްވެސް ވިސްނުމެއް ނުގޭން ގުޅޭ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަޅުގަނޑުމެން ގެންދާނީ ރާއްޖޭގެ މާތްވެގެންވާ އިސްލާމް ދީނުގެ ހުރިހާ ރުކުންތަކާކައި ސިފަތައް ހިމާޔަތްވާ ގޮތަށް. މި ވަގުތު ތި ސުވާލުގެ ޖަވާބަކީ ނޫނެކޭ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އެ ސުވާލަށް މިނިސްޓަރު ޖަވާބު ދިނުމުން އެ ކޮމީޓީގެ ނައިބް މުގައްރިރުކަން ކުރައްވާ ޖާބިރު އިތުރު ސުވާލެއް ކުރެއްވިއެވެ.

''ބަނގުރާ ވިއްކަނީ ކީއްވެގެންތޯ؟''

ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ބަނގުރާ ވިއްކަނީ ރާއްޖޭގެ ގާނޫނާއި ގަވާއިދުގެ ތެރެއިން އެކަން އޮތީތީ ކަމަށެވެ. އެއީ ކޮން ގާނޫނަކުންތޯ ތަކުރާރުކޮށް މިނިސްޓަރު ވަހީދާ، ޖާބިރު ސުވާލުކުރެއްވިއެވެ.

ކޮމީޓިގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ޖާބިރަށް އިޝާރަތްކޮށް ވިދާޅުވީ، މިނިސްޓަރު މިހާރު އެ ސުވާލަށް ޖަވާބުދެއްވާފައިވާ ކަމަށެވެ.

ޖާބިރުގެ ރުޅި ކޮންޓްރޯލް ނުވެ ކޮމިޓީ ތެރޭގައި އަޑުގަދަކުރުމަށް ފަހު ''ކުރި ސުވާލަށް ޖަވާބު ނުދެވުނު'' ކަމަށް ވިދާޅުވެ ކޮމިޓީ ދޫކޮށް ވަޑައިގެންނެވިއެވެ. އަދި ތަކުރާރުކޮށް، އަލީ ވަހީދު ޖާބިރު ސުވާލަށް ޖަވާބުދެއްވުމަށް މަސައްކަތްކޮށް، ހޫނު ބަހުގެ ހަމަލާތަކެއް ވަނީ އަމާޒުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
11 ޖުލައި 2019 | ބުރާސްފަތި 14:13
ޖާބިރު އޯކޭ
ފޯމީ ޖާބިރު އިސްރައިޓް. އޫރުމަހާއި ބަނގުރާ މި ދިވެހި ފަސްގަނޑުގައި ވިއްކައިގެން ނަފާ ހޯދާނަމަ، ކެސީނޯ ވެސް ހަމަ ހުއްދަކުރަންވީ.... ކޮންވެންޝަނަލް ބޭންކްތައް މިތާ ހިންގަންޔާ ގޭމްބްލިންގ ހުއްދަ ނުދެވެންވީ ސަބަބެއްނެތް... މާލޭ މަޖީދީމަގުގެ ހުރިހާ ފިހާރައެއްގައި ބުދު ބަހައްޓާފައި ރިސޯޓެއްގައި ހުރި ކޮރޭލިއަމްއެއް ހަލާކު ކޮށްލީމާ ދެކޮޅު ނުޖެހޭ ދެއްތޯ!
11 ޖުލައި 2019 | ބުރާސްފަތި 00:37
ތާހިރު ގޮތަކައް
ޖާބިރު އެބުނީ ތެދެއް ، ތާހިރު ގޮތަކައްތިކަންނިމޭނީ!