އެގާރަ ސަފީރަކަށް ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ރުހުން ދީފިއެވެ.
ރުހުން ދީފައިވާ 11 ސަފީރުން:
- ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު:ސީޝެލްސް، މޮރިޝަސް އަދި ކަޒަކިސްތާނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް،
- އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އާއިޝަތު މުހައްމަދު ދީދީ:އަފްޣާނިސްތާން އަދި އިންޑޮނޭޝިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް،
- މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ވިސާމް އަލީ:ބުރުނާއި އަދި އިންޑޮނޭޝިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް،
- ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ޑރ.އަބްދުﷲ މައުސޫމް:އޮސްޓްރޭލިއާ އަދި ނިއުޒިލެންޑަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް،
- ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރު އިބްރާހިމް އުވައިސް :ރިޕަބްލިކް އޮފް ކޮރެއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް،
- ސައުދީ އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ޑރ. ހުސައިން ނިޔާޒު:ބަހްރައިން އަދި އޮމާނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް،
- އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރުޑރ.ފަރަހަނާޒް ފައިސަލް:އަޔަރލޭންޑް، ފްރާންސް އަދި ސްޕޭނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް،
- ޖަރުމަންވިލާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރު އަހްމަދު ލަތީފް:ޑެންމާކް، ނޯވޭ، ފިންލޭންޑް، ސުވިޑަން އަދި ރަޝިއަން ފެޑެރޭޝަނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް،
- ޔޫރަޕިއަން ޔޫނިއަންއާއި ބެލްޖިއަމްއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސާބިރު:
- ނެދަލެންޑްސް އަދި ލަގްޒަމްބާގަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް،
- އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާއާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސައިން:ކެނެޑާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް.
ރުހުން ދީފައިވާ ސަފީރުންނަކީ މިހާރު ވެސް ބޭރު ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާފައި ތިއްބަވާ ސަފީރުންނެވެ. އަދި އެބޭފުޅުންނަކީ ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކޮށް ތައުލީމާއި ތަޖުރިބާ ހުރި ބޭފުޅުން ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.