Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 15:23
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދް
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދް
ފޭސްބުކް
އެސްއޯއީ
އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް އިންވެސްޓްމެންޓްސް ގެ ބޯޑު މެމްބަރުން ހާޒިރުކުރުމަށް ހުށަހަޅައިފި
އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުތައް ބެލުމަށް ފަހު ފަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށް ކޮމެޓީއިން ވަނީ ނިންމާފަ

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓްސް އިންވެސްޓްމެންޓް ކުންފުނީގެ ބޯޑު މެމްބަރުން ސްޓޭޓް އޯންޑް އެންޓާރޕްރައިޒެސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރު ކުރުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދް ހުށަހަޅުއްވައިފިއެވެ.

ބުދަ ދުވަހުގެ އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ އެ ކުންފުނީގެ ބޯޑު މެމްބަރުން ހާޒިރު ކުރުމަށް ހުށަހެޅުއްވީ އައްޑޫގެ އެއާޕޯޓް ވީރާނާ ވެގެން ދާއިރު ވެސް އެ ކުންފުނިން އެއާޕޯޓު މަރާމާތު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ ކަމަށެވެ.

Advertisement

ނިހާދު އެހެން ވިދާޅުވީ އައްޑޫގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށްޓަކައި އޮތް މައި ދޮރާއްޓަކީ އެއާޕޯޓު ކަމަށްވާއިރު އެތަން ފުރިހަމަ ގޮތެއްގައި އޮޕަރޭޓް ކުރެވޭތަން ފެނިގެން ނުދާތީ ކަމަށެވެ. އެއާޕޯޓުގެ މެއިންޓެނެންސް ބެލެހެއްޓުން ދަށްވުމާއި އެއާޕޯޓު އޮޕަރޭޝަންސް ގައި އެކި ފަރާތްތަކަށް ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

އެއާޕޯޓް އިންޓާރނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުތައް ބެލުމަށް ފަހު ފަސް ދުވަހުގެ ނޯޓިސް އެއް ދިނުމަށް ކޮމެޓީއިން ވަނީ ނިންމަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
10 ޖުލައި 2019 | ބުދަ 21:06
ރުޝްދީ
ފިލައިން ސްކޫލު ހުއްޓޭގޮތަކައް ނުނިންމާތި ޝުކުރިއްޔާ
10 ޖުލައި 2019 | ބުދަ 15:55
އައްޑޫ މީހާ
ވުޖޫދުގަ ނެތް ކުންފުންޏެެއްގެ ބޯޑެއް އޮންނާނެތަ