Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 13:16
ގަވާއިދާއި ޚިލާފަށް ރާއްޖެގެ އިގްތިސާދީ ސަރަހައްދަށް ވަދެއުޅުނު މަސްބޯޓެއް
ގަވާއިދާއި ޚިލާފަށް ރާއްޖެގެ އިގްތިސާދީ ސަރަހައްދަށް ވަދެއުޅުނު މަސްބޯޓެއް
އެމްއެންޑީއެފް
އެމްއެންޑީއެފް
ޤަވާއިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ 4 މަސް ބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފި
މަސް ބޯޓުތައް ފެނުނީ ޑޯނިއަރ ފްލައިޓްގެ ސަވައިލަންސް ޕެޓްރޯލްތަކުގެ ތެރެއިން
މަސް ބޯޓުތައް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ބެލުމުގެ ދަށުން ގެންދިއުމުގެ މަސައްކަތް ދަނީ ކުރުމުން

ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ ހަތަރު މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ މި މަސްބޯޓުތައް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ވ.ފުލިދޫގެ އިރުން 140 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

Advertisement

މި މަސްބޯޓުތައް ފެނިފައި ވަނީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި މިމަހުގެ 8 ން 10 އަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށްގެންދާ ޑޯނިއަރ ފްލައިޓްގެ ސަވައިލަންސް ޕެޓްރޯލްތަކުގެ ތެރެއިންނެވެ.

ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މި ހަތަރު މަސް ބޯޓް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ބެލުމުގެ ދަށުން މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް