Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 13:09
އަހުމަދު ރިލްވާން އަބްދުﷲ
އަހުމަދު ރިލްވާން އަބްދުﷲ
ރާއްޖެ އެމްވީ
ރިލްވާން މައްސަލަ
ރިލްވާނުގެ މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލު ބެލުމަށް ބާއްވާ ކޮމިޓީ އަނެއްކާވެސް ސިއްރުކޮށްފި
ރިލްވާންގެ މައްސަލާގައި ފުލުހުންވެފައިވާ އިހުމާލު ބެލުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ އިއްތިފާގުން
ރިލްވާން ވަގަށް ނަގާފައި ވަނީ 8 އޮގަސްޓް 2014 ގައި
މިހާތަނަށް ފުލުހުންނަށް ރިލްވާނަށްވީ ގޮތެއް ބުނެދެވިފައެއް ނުވޭ

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުން އިހުމާލު ވެފައިވޭތޯ ބެލުމަށް ބާއްވާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބުދަ ދުވަހުގެ ބައްދަލުވުންވެސް ސިއްރުކޮށްފި އެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުންވެފައިވާ އިހުމާލު ބެލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ އިއްތިފާގުންނެވެ. އެ އިސްލާހާއެކު ކޮމިޓީ ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެގޮތަށް ފާސްކުރީ މައްސަލަ ދިރާސާ ކުރުމަށް ފަހު ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓަށް ހުށަހެޅި އިސްލާހެއްގެ ގޮތުގައެވެ. އަދި މިއިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ. ތާއީދު ކުރެއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ.

Advertisement

އޭރު މި އިސްލާހަށް ބަހުސް ކުރައްވަމުން މެމްބަރު ހިސާން ވިދާޅުވީ ރިލްވާނަށް އިންސާފު ނުލިބި އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާ ކަމަށާއި، މިކަމުގައި އިހުމާލުވި އެންމެންގެ މައްސަލަ ބަލަންޖެހޭ ކަމަށެވެ. ރިލްވާންއަށް އިންސާފު ހޯދައިދިނުމަށް އޭނާގެ އާއިލާއިން ނުދާ މުއައްސަސާއެއް ނެތް ކަމަށާއި، މަޖިލީހުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ.

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގާފައި ވަނީ 8 އޮގަސްޓް 2014 ގައެވެ. އޭގެ ފަހުން މިހާތަނަށް ވެސް ފުލުހުންނަށް ރިލްވާނަށްވީ ގޮތެއް ބުނެދެވިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް