Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 12:07
ހައްޖު ކޯޕަރޭޝަނުން އެޖެންޓުންނާއި އެކު ސޮއި ކުރުން
ހައްޖު ކޯޕަރޭޝަނުން އެޖެންޓުންނާއި އެކު ސޮއި ކުރުން
ރާއްޖެއެމްވީ
ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަނުން ދާއިރާތަކަށް މާކެޓިން އެޖެންޓުން އައްޔަން ކޮށްފި
ބުދަ ދުވަހު ވަނީ 5 ދާއިރާއެއްގެ ފަސް އެޖެންޓުންނާއިއެކު ސޮއި ކުރެވިފައި
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާގެ އެއްވެސް މުއާމަލާތެއް އެޖެންޓުންނާއި ދެމެދު ކުރުމަކީ މަނާކަމެއް
5 ދާއިރާއެއްގެ ފަސް އެޖެންޓުންނާއިއެކު ވަނީ ސޮއި ކުރެވިފައި
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާގެ އެއްވެސް މުއާމަލާތެއް އެޖެންޓުން ކުރުން މަނާ

ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް އާންމުންނާއި ވީހާވެސް ކައިރިން ފޯރުކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަނާއިއެކު މަސައްކަތް ކުރާނެ މާކެޓިން އެޖެންޓުން އައްޔަން ކުރެވި ފުރަތަމަ ބެޗް އެ ކޯޕަރޭޝަނާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި މިރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ހަމީދު ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ޚިދުމްތް ހޯދަންޖެހޭ ކޮންމެ ފަހަރަކު މާލެ އައުން އެއީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށާއި މައުލޫމާތު ލިބެން ޖެހޭ ކޮންމެ ފަހަރަކު މައުލޫމާތު ހޯދުމަށް އުނދަގޫ ވުމަކީ އެ ކޯޕަރޭޝަނަށް އަންނަ ޝަކުވާއެއް ކަމަށެވެ.

އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މާކެޓިން އެޖެންޓުން ބެތިއްބުން އެއީ ވަރަށް ބޮޑަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް ހައްލެއް ހޯދުމަށް އެޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ބުދަ ދުވަހު ވަނީ 5 ދާއިރާއެއްގެ ފަސް އެޖެންޓުންނާއިއެކު ސޮއި ކުރެވިފައި ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

Advertisement

ހައްޖު ކޯޕަރޭޝަނުން ނިންމާފައިވަނީ މާލެ ފިޔަވާ ދިވެހިރާއްޖޭގެ އިންތިޚާބީ ހުރިހާ ދާއިރާއެއް ގައި އެޖެންޓެއް ބެހެއްޓުން ބޭތިއްބުމަށެވެ.

މި އެޖެންޓުން ކުރަމުން ގެންދާނެ މަސައްކަތްތަކީ ހައްޖު ކޯޕަރޭޝަނުން ދެވޭ މައުލޫމާތު އެންމެ ކައިރިން ރައްޔިތުންނަށް ފޯރުކޮށްދީ އުމްރާތަކަށް މީހުން ރަޖިސްޓްރީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާގެ އެއްވެސް މުއާމަލާތެއް އެޖެންޓުންނާއި ރައްޔިތުންނާއި ދެމެދު ކުރުމަކީ މަނާކަމެއް ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ބުދަ ދުވަހު ސޮއި ކުރެވިފައިވާ ދާއިރާ ތަކަކީ:

  1. އިނގުރައިދޫ ދާއިރާ
  2. އޭދަފުށީ ދާއިރާ
  3. ތުޅާދޫ ދާއިރާ
  4. އިސްދޫ ދާއިރާ
  5. ވޭމަންޑޫ ދާއިރާ
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް