Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 10:21
އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި
އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި
ރައްޔިތުންގެ މަޖިލިސް
އަބްދުﷲ ޖާބިރު
ބަހުގެ ހަމަލާތަކަށް ފަހު އެސްއޯއީ ކޮމިޓީން ޖާބިރު އިސްތިއުފާ ދެއްވައިފި
ޖާބިރުގެ ނަން އިއްވުމަށްފަހު މަޖިލީހުގެ ތަޅުމުން ޖާބިރު ބޭރުކޮށްލި
އެއަށްފަހު ކޮމެޓީއަށް ވަޑައިގެން އަޑުގަދަކުރައްވާ ހެއްދެވި

ސްޓޭޓް އޯން އެންޓަރ ޕްރައިސަސް ކޮމިޓީގެ މެމްބަރުކަމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިސްތިއުފާދެއްވައިފިއެވެ.

ޖަބީރު އިސްތިއުފަދެއްވީ އެސްއޯއީ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރުމަށް ފަހުގައެވެ.

ބުދަ ދުވަހު ޖާބިރު ވަނީ މަޖިލީހުގެ ތަޅުމުގައިވެސް އަޑުގަދަ ކުރައްވައި މަޖިލީހުގެ ރިޔާސަތަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވާފައެެވެ. އެ މައްސަލާގައި ރިޔާސަތު ގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވައި ތަޅުމުން ނެރުއްވާފައެވެ.

Advertisement

އެއަށްފަހު މަޖިލީސް ކުރާ މާލަމުން ނުކުމެވަޑައިގެން ކޮމިޓީ އަށް ވަންނަވައި ކޮމިޓީ މުގައްރިރު އިލްޔާސް އަށް އަމާޒު ކުރައްވާ ޖަބީރު ވިދާޅުވީ، މުގައްރިރުގެ ޒިންމާ އިލްޔާސަށް އަދާ ނުކުރެވޭ ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތައް ދަތިވާ ގޮތަށް މައުޝޫއިން ބޭރުން ވަހަކަފުޅު ދެއްކެވިއެވެ.

އެއަށްފަހު އަޑުގަދަކުރައްވާ ހެއްދެވުމަށްފަހު، ކޮމެޓީން އިސްތިއުފާ ދެއްވިކަމަށް ވިދާޅުވެ، ޖާބިރު ވަނީ ކޮމެޓީގެ ބައްދަލުވުން ދޫކުރައްވާ ވަޑައިގެންފަ އެވެ.

އެއާއެކު ޖާބިރުވެފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން އިސްތިއުފާ ދެއްވި ފުރަތަމަ މެމްބަރަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
10 ޖުލައި 2019 | ބުދަ 11:03
ރައްޔިތު
އިއްޒަތްތެރި މެމްބަރު މަސްތުވާތަކެތީގެ ބާވަތްތަކަށް ޓެސްޓުހަދާފަ ވައްދަންވީ މަޖިލިސްކުރާގެއަށް. މިހާރު ރައްޔިތުންމަޖިލިސް މީކީ ފިލްމުކުޅެން އަހަރުމެން ހޮވިމަޖިލީހެއްނުން. މިކަމައް ދާއިމީހައްލެއް ހޯދުން ވަރައް މުހިންމު.