Advertisement
ކ. މާލެ
|
10 ޖުލައި 2019 | ބުދަ 09:47
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝުއައިބް މުހައްމަދު އިގްބާލް
އަލީ ވަހީދު
މިނިސްޓަރު އަލީ ވަހީދު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަނީ
ހާޒިރު ކުރަނީ 11:00 އަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް
އަލީ ވަހީދު ވިދާޅުވީ މަޖިލީހަށް ހާޒިރުވުމަކީ ލިބޭ އުފަލެއް ކަމަށް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރުކުރަން އެޖެންޑާ ކޮށްފިއެވެ.

ބުދަ ދުވަހު އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ފަސް ވަނަ ބައްދަލުވުމަށް އަލީ ވަހީދު ހާޒިރު ކުރަން ހަމަޖެހިފައިވަނީ 11:00 ގައެެވެ.

Advertisement

މީގެ ކުރިން ތޮއްޑޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2014 ވަނަ އަހަރަށް ފަހު ރައްޔިތުންގެ މަޖިލީހަށް ދިޔުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ކޮމިޓީއަށް ހާޒިރު ކުރަން ހަމަޖެހިފައިވާއިރު، ރަށްތަކާއި ފަޅުތައް ދޫކުރުމުގައި ނިމުނު ސަރުކާރުން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވެއެވެ. ހޯމަ ދުވަހު ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގެ ދުވަސްވަރު އެއް ރަށެއް ތިން ބަޔަކަށް ދޫކޮށްފައިވާކަމަށެވެ.

އޭގެ އެއް ފަރާތެއްގެ އަތުން ހަ ލައްކަ ޑޮލަރު އޭރުގެ ޓޫރިޒަމް މިނިސްޓްރީން ވަނީ ނަގާފައެވެ. އަދި އެހެން ފަރާތެއްގެ އަތުން އެއް މިލިއަން ތިން ލައްކަ ފަންސާސްހާސް ޑޮލަރު ނަގާފައިވެއެވެ.

އޭގެ އިތުރުން ކުރީގެ ސަރުކާރުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ހުންނެވި އިރު ގަވާއިދާ ހިލާފަށް އަމިއްލަ މަންފާ ހޯދުމަށް ގިނަ ފަޅުތަކާއި ރަށްތަށް އެކި ފަރާތްތަކަށް ދޫކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް