Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 23:29
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު
އަވަސް.އެމްވީ
އެންޓިކަރަޕްޝަން ކަމިޝަން
ކޯޓު އަމުރު ހޯދަނިކޮށް ޝާޔަން އޭސީސީއަށް ހާޒިރު ވެއްޖެ
މޯލްޑިވިއަން އައިޑޮލްގެ އެކި ކަންކަމުގައި ޝާޔަން ވަނީ އުޅުއްވާފައި
ޕީއެސްއެމްގެ 14 ކަރަޕްޝަން މައްސަލައެއް އޭސީސީން ދަނީ ބަލަމުން

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަން ކޯޓު އަމުރަކަށް އެދިފައި ވަނިކޮށް އޭނާ އަމިއްލައަށް އެކަމިޝަނަށް ހާޒިރު ވެއްޖެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޝާޔަން އޭސީސީއަށް ހާޒިރު ވެފައިވަނީ އަންގާރަ ދުވަހު އެވެ.

އެނގިފައިވާ ގޮތުގައި ޝާޔަން އޭސީސީއަށް ހާޒިރު ވުމުން އެކަމިޝަނުން އޭނާ ހާޒިރުކޮށް ދިނުމަށް ނެރެދިނުމަށް އެދުނު އަމުރު ވަނީ މިހާރު ނަގާފައެވެ. ޕީއެސްއެމްއިން ހިންގާފައިވާކަމަށް ތުހުމަތު ކުރާ ބޮޑެތި ޚިޔާނާތްތަކުގެ ތަހުގީގަށް ޝާޔަން އޭސީސީއަށް މީގެ ކުރިން ވެސް ހާޒިރު ކުރަން އެންގިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާޔަން އޭސީސީއަށް ހާޒިރު ވުމަށް ކޯޓުއަމުރެއް ހޯދުމަށް އޭސީސީއިން އެދުނީ އޭނާ ހާޒިރު ނުވުމުންނެވެ.

ނަމަވެސް ޝާޔަން ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ އޭސީސީއަށް ހާޒިރު ވުމަށް އަންގާފައި ނުވާ ކަމަށާއި އެކަމިޝަނުން އެންގުމުން ހާޒިރުވާނެކަމަށެވެ.

Advertisement

ޕީއެސްއެމްގެ ބޮޑެތި ކަރަޕްޝަންގެ މައްސަލަތައް އޭސީސީއިން ބަލަމުންދާއިރު އެ ކުންފުނީގެ ކަރަޕްޝަންގެ 14 މައްސަލައެއް ބަލަމުން ދާކަން ކަމިޝަނުން ވަނީ ބުނެފައެވެ. އޭގެތެރެއިން މޯލްޑިވިއަން އައިޑޮލްއާއި ގުޅޭ ކަރަަޕްޝަންގެ މައްސަލައެއް ވެސް ހިމެނެއެވެ. މޯލްޑިވިއަން އައިޑޮލްގެ އެކި ކަންކަމުގައި ޝާޔަން ވަނީ އުޅުއްވާފައެވެ.

ޕީއެސްއެމްގެ ބޯޑުގައި ހުންނަވައިގެން ރައީސް ޔާމީންގެ ކެމްޕެއިންގައި ވަރަށް ބޮޑަށް އުޅުއްވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އިކުރާމާއި ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަލީލްގެ ކަރަޕްޝަންގެ މައްސަލަތަކެއް ވެސް އޭސީސީން ދަނީ ބަލަމުންނެވެ.

އޭގެ ތެރޭގައި ޕީއެސްއެމުން ނެރުނު މަޖައްލާ، "މާލްދީބް" ނެރުމަށް ކުރި މަސައްކަތާއި ޕީއެސްއެމް އިމާރާތުގައި ކުލަލުން އަދި އަޑުގެ އެންޓަނާތައް ބަދަލު ކުރުން ފަދަ މަސައްކަތްތަކުގައި ހިމެނޭ ކަރަޕްޝަންގެ މައްސަލަތައް އޭސީސީން ދަނީ ބަލަމުންނެވެ.

ޕީއެސްއެމުން ހަތަރު މިލިއަން ރުފިޔާ ހޭދަކޮށްގެން އެ މީޑިއާގެ މެނޭޖިން ޑިރެކްޓަރގެ ހާއްސަ ބިއުރޯއެއް ހެދި މައްސަލައާާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް ގާއިމްކުރުމަށްޓަކައި ނުހަދާ ހުރި އިމާރާތެއްގެ ދެ ފްލޯއެއްގެ ކުއްޔަށް ޕީއެސްއެމް އިން ފައިސާ ދައްކަމުން ދިޔަ މައްސަލައަކާއި ޖަޕާނު ސަރުކާރުގެ އެހީގައި ގާއިމް ކުރަން ހަމަޖެހިފައިވާ އިންޓަގްރޭޓެޑް ސާވިސް ޑިޖިޓަލް ބްރޯޑްކާސްޓިން (އައިޓީޑީބީ) ގެ ޕްރޮޖެކްޓްގެ ތެރެއިން 41 މިލިއަން ރުފިޔާ ނެގިކަމުގެ މައްސަލައެއް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް