Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 18:56
ހ، ހާޖަރާގެ އަބްދުﷲ ލުތުފީ
ހ، ހާޖަރާގެ އަބްދުﷲ ލުތުފީ
ޕޮލިސް
އަބްދުﷲ ލުތުފީ
ލުތުފީ މިރޭ ރާއްޖެ ގެންނަނީ
ލުތުފީ މިރޭ ރާއްޖެ ގެންނަކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައި
ލުތުފީ މިރޭ ރާއްޖެ ގެންނަނީ އީކޭ 653 ގައި

ނަވާރަސަތޭކާ އަށްޑިހަ އަށްވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ މިރޭ ރާއްޖެ ގެންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިޒްމިޔާ ޒާހިރު ވިދާޅުވީ، 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ހުއްޓާ ބޭސް ފަރުވާ އަށް ގޮސް ފިލައިގެން އުޅޭ ލުތުފީ މިރޭ ރާއްޖެ ގެންނަން ހަމަޖެހިފައިވަނީ އެމިރޭޓްސްގެ ފްލައިޓް އީކޭ 653 ގައި ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ގެންނަ ފްލައިޓް އެއާޕޯޓުގައި ޖައްސާނީ 21:30 ގައެވެ.

ލަންކާގައި ފިލައިގެން އުޅުމަށް ފަހު ލުތުފީ އަމިއްލައިން އެމްބަސީ އަށް ހާޒިރުވެފައިވަނީ މޭ މަހުގެ އެއްވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ލުތުފީ ލަންކާގައި އުޅޭކަން ފަޅާ އަރުވަލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއެވެ. ލުތުފީ ރާއްޖެ ގެނައުމަކީ އެހާ މުހިއްމުކަމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމްކުޑަ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ. ލުތުފީ އިސްކޮށް ހުރެ މިހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކުރިއެވެ.

ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ބޭސްފަރުވާއަށް ފޮނުވުމުން އޭނާ ފިލިއެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ވެސް އޭނާ ހޯދުމުގެ މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް