Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 14:35
އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ކޮމެޓީގެ ބައްދަލުވުމުގައި
އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ކޮމެޓީގެ ބައްދަލުވުމުގައި
ޝުއައިބް މުހައްމަދު އިގްބާލް
އެމްއެމްޕީއާރުސީ ބޮޑު ހިޔާނަތް
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްގެ 38 މުވައްޒިފަކު ޝާމިލްވޭ: އޭސީސީ
ތަހުގީގު ކުރިއަށް ދަނީ ހުރިހާ ލެވަލްއަކަށް ޓާގެޓް ކޮށްގެެން
ކުންފުނީގެ ބައެއް އިސްފަރާތްތައް ތަހުގީގަށް ހާޒިރުކޮށް ބަޔާންނެގިފައިވާ ކަމަށް ވިދާޅުވި
އެމްއެމްޕީއާރުސީގެ ހިޔާނަތުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 38 މުވައްޒިފަކު ޝާމިލްވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ މެމްބަރުން ހާޒިރުކޮށް ސުވާލުކުރުމުން ކޮމިޝަނުގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ބީއެމްއެލް މިކަމުގައި ބައިވެރިވަނީ ކިހާވަރަކަށްތޯ ބެލުމަށްޓަކައި ތަހުގީގު މިހާރު ކުރިއަށް ގެންދާ ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ދަނީ ވަކި ލެވެލް އަކަށް ޓާގެޓް ކުރުމުގެ ބަދަލުގައި ހުރިހާ ލެވެލްއަކަށް ޓާގެޓް ކޮށްގެން ކަމަށް މުއައްވިޒް ވިދާޅުވިއެވެ.

މުއައްވިޒް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުގައި އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކުތައް އެސްއޯއެފްގެ އެކައުންޓުތަކަށް ޖަމާކުރުމުގައި ބައިވެރިވި ކަމަށް ބީއެމްއެލްގެ 38 މުވައްޒަފަކު އައިޑެންޓިފައިކުރެވި އެބޭފުޅުންގެ ބަޔާންނަގަމުންދާކަމަށެވެ. ނަމަވެސް އެކަން ކުރުމުގައި ބައިވެރިވި މުވައްޒިފުންގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

Advertisement

މުއައްވިޒް ވިދާޅުވީ އެކަމުގައި ހުރިހާ ލެވެލްއެއްގެ މުވައްޒަފުންވެސް ބައިވެރިވާ ކަމަށާއި ކުންފުނީގެ ބައެއް އިސްފަރާތްތައް ތަހުގީގަށް ހާޒިރުކޮށް ބަޔާން ނެގިފައިވާ ކަމަށެވެ. އަދި ތަހުޤީޤް އެއްކޮށް ނިންމާލެވުމުން ބީއެމްއެލްގެ ބައިވެރިވުން އޮތް މިންވަރު ހާމަވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެފަހުން އޭސީސީން އާންމުކުރި ތަހުޤީޤް ރިޕޯޓްގައި ބުނެފައިވާގޮތުން އެމްއެމްޕީއާރުސީގެ ހިޔާނަތުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ނަގުދު ފައިސާ އެކިއެކި ފަރާތްތަކުން ނަގާފައިވާކަމަށް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް