Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 12:43
ޖޯހަން ކްރީގްލަރ އާއި ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވަނީ
ޖޯހަން ކްރީގްލަރ އާއި ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވަނީ
މަޖިލިސް
ރައްޔިތުންގެ މަޖިލިސް 2019
ޖޯހަން ކްރީގްލަރ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި

ރިޓަޔަރޑް ޖަސްޓިސް ޖޯހަން ކްރީގްލަރ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

Advertisement

ރިޓަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރއަކީ ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމަށް ސަރުކާރުން ކޮންސަލްޓެންޓެއްގެ ގޮތުގައި އައްޔަންކުރި ފަރާތެކެއެވެ. ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ މަސައްކަތްކުރެއްވުމަށްޓަކައި، ސްކޯޕިންގ މިޝަންއެއްގައި، ކްރީގްލަރ ރާއްޖެ ވަޑައިގެންފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

ޖޯހަން ކްރީގްލަރ، ރައީސް މުހައްމަދު ނަޝީދު އާއިއެކު ބޭއްވި ބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލިސް އިދާރާގައި -- ފޮޓޯ: މަޖިލިސް

ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރއަކީ ސައުތު އެފްރިކާގައި ޤާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެއެވެ. އޭގެ އިތުރުން، އެ ޤައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައި ފަނޑިޔާރެއްގެ ގޮތުގައިވެސް ވަނީ މަސައްކަތްކުރައްވާފައެވެ. އަދި 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ޖަސްޓިސް ޔޮހާން ކްރީގްލަރ އަދާކުރައްވާފައިވެއެވެ.

ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަށްފަހު ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތްކުރައްވަމުން ގެންދަވަނީ ޝަރުޢީ ދާއިރާގެ ތަމްރީނާއި ތަޢްލީމު ދިނުމުގެ ޤައުމީ އަދި ބައިނަލްއަޤްވާމީ ޕްރޮގްރާމްތަކުގައެވެ.

ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގައި ހިމެނޭ މައިގަނޑު ބައިތަކަކީ، ޝަރުޢީ ދާއިރާއާ ގުޅުންހުރި ޤާނޫނުތަކުގައި އަދި އެ ޤާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާކުރުމާއި، ޝަރުއީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖައާކުރުމާއި، ފަނޑިޔާރުން އައްޔަންކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖައާކުރުމާއި، ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާގުލޭ ހުށަހެޅުންތައް ނުވަތަ "ރިކޮމެންޑޭޝަންސް" ސަރުކާރަށް ހުށަހެޅުމެވެ.

ކްރީގްލަރގެ މަސައްކަތް ނިންމުމަށްފަހު، ފައިނަލް ރިޕޯޓް އެޓާރނީ ޖެނެރަލް އޮފީހާއި ހިއްސާކުރުމަށް ހަމަޖެހިފައިވަނީ 29 އޮގަސްޓް 2019 ގެ ނިޔަލަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް