Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 14:15
ޔުނިވާސިޓީ ދަސްވެނިވުމުގެ ރަމިއްޔާތެއްގެ ތެރެއިން
ޔުނިވާސިޓީ ދަސްވެނިވުމުގެ ރަމިއްޔާތެއްގެ ތެރެއިން
ރައީސް އޮފީސް
މަތީ ތައުލީމް ލޯން
މަތީ ތައުލީމް ލޯން ލިބުނު ފަރާތްތަށް ދެ ހަފްތާތެރޭ އިއުލާން ކުރާނެ: މިނިސްޓްރީ
960 ފަރާތަކުން ވަނީ ލޯނަށް ކުރިމަތި ލާފައި
ފޯމްގައި ރަނގަޅު ކުރަން ޖެހޭ ކަމެއް ވާނަމަ ފޯމް ހުށަހަޅާފައިވާ ތާރީޚުން ފެށިގެން ތިން ދުވަސް ތެރޭގައި ރަނގަޅުން ކުރަން އެންގިފައިވާނެ

މަތީ ތައުލީމް ލޯން ލިބުނު ފަރާތްތަށް ދެ ހަފްތާތެރޭ އިއުލާން ކުރާނެކަމަށް ހަޔާރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ޑެޕިއުޓީ މިނިސްޓާރ އައިޝަތު ޝަފީނާ ވިދާޅުވީ ލޯނަށް ދެވަނަ ފަހަރަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން 960 ފަރާތަކުން ލޯނަށް ކުރިމަތި ލާފައިވާކަމަށެވެ. 960 ފަރާތުގެ ތެރެއިން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 163 ޖާގަ އަށެވެ.

ޝިފާނާ ވިދާޅުވީ، 21 ޖޫންގެ ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމްގައި ރަނގަޅު ކުރަންޖެހޭކަމެއް ވާނަމަ ފޯމް ހުށަހަޅާފައިވާ ތާރީޚުން ފެށިގެން ތިން ދުވަސް ތެރޭގައި ރަނގަޅުކޮށް، 24 ޖޫންގެ ކުރިން އެޕްލިކޭޝަން ފުރިހަމަ ކުރަން އެންގިފައިވާނެ ކަމަށެވެ.

Advertisement

ލޯނަށް ކުރިމަތިލުމުގެ ދެވަނަ ފުރުސަތަށް ހުޅުވާލެވުނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. ލޯނަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވެފައިވަނީ ޖޫން މަހުގެ 24 ގައެވެ.

ލޯނަށް ކުރިމަތި ލުމަށް ދެވަނަ ފުރުސަތެއް ހުޅުވާލެވުނީ ފުރަތަމަ ފަހަރު ގިނަ ދަރިވަރުން އާންމުކުރެވުނު އުސޫލާ ހިލާފަށް އެޕްލިކޭޝަން ހުށަހެޅިފައި ވާތީ ގިނަ ފަރާތްތަކެއް ޑިސްކޮލިފައިވެފައިވުމުން އަލުން އެކުދިންނަށް ފުރުސަތު ދިނުމުގެ ބޭނުމުގައެވެ. ލޯނަށް ކުރިމަތިލުމަށް ފުރަތަމަ ފަހަރު ހުޅުވާލެވުނީ 21 މާރޗުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް