Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 12:24
ކ. ކާށިދޫ - އެ ރަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރާއި 28 އަހަރުގެ ދެ ފިރިހެނުން
ކ. ކާށިދޫ - އެ ރަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރާއި 28 އަހަރުގެ ދެ ފިރިހެނުން
ރާއްޖެ އެމްވީ
މަސްތުވާ ތަކެތި
މަސްތުވާތަކެއްޗާއިއެކު ކާށިދޫން ދެ މީހަކު ހައްޔަރުކޮށްފި
ދެ މީހުންނަކީވެސް 2 ދިވެހިން ކަމަށް ފުލުހުން ބުނި
ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރާއި 28 އަހަރުގެ ދެ ފިރިހެނުން

ކ. ކާށިދޫން މަސްތުވާތަކެއްޗާއިއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި 07 ވަނަ ދުވަހުގެ 01:25 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ކާށިދޫ ގެއަކުން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރާއި 28 އަހަރުގެ ދެ ފިރިހެނުންނެވެ.

މި ދެ މީހުންނަކީވެސް 2 ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ބިޑިއާއި ދެ ރަބަރު ޕެކެޓް އަދި އެއް ސެލޯފިންކޮޅު ވަނީ ފެނިފައެވެ.

މި މައްސަލާގައި ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 28 އަހަރުގެ މީހާއަށް ތިން ދުވަސް ދީފައިވެއެވެ. ނަމަވެސް 27 އަހަރުގެ މީހާ ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް