Advertisement
ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 18:59
ގާސިމް އިބްރާހީމް ރައީސް ސޯލިހާއެކު
ގާސިމް އިބްރާހީމް ރައީސް ސޯލިހާއެކު
ރައީސް އޮފީސް
ޑަބްލިއުއެލްޓީ
ވިލާގެ ހިއްސާ އޮންނަ ޑަބްލިއު އެލްޓީ އަށް ދައުލަތުން 15 މިލިއަން ޑޮލަރު ދައްކައިފި
އެއީ 130 މިލިއަން ރުފިޔާއަށްވާ ފައިސާ
ކުރިން ހުކުމް ކޮށްފައިވަނީ 29 މިލިއަން ދައްކަން

ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއު އެލްޓީ) އަށް 15 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) ދައުލަތުން ދައްކައިފިއެވެ.

ޑަބްލިއުއެލްޓީއަށް ދެއްކި 130 މިލިއަން ރުފިޔާ އަކީ، ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ފައިސާގެ ތެރެއިން 15 މިލިއަން ޑޮލަރު ( 231 މިލިއަން ) ރުފިޔާ އަށް ވާ ފައިސާ އިން ޓެކްސްއާ އެހެނިހެން އެއްޗެެއްސަށް ކެނޑުމަށް ފަހު ޖެހޭ އަދަދެެވެ.

އެޓަރނީ ޖެނެރަލް އޮފީހުގެ މީޑިއާ ޑައިރެކްޓަރ ހުސެއިން ހަސަން ވިދާޅުވީ، އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ހޯމަ ދުވަހު ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ.

Advertisement

ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓުގައި ދައުވާ ކޮށްފައިވަނީ ކުރީގެ އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) އިން ޑަބްލިއުއެލްޓީ އަށް 2007 ގައި ރިސޯޓް ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެތަންތަން ހަވާލުކޮށްފައި ނުވާތީއެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ 29 މިލިއަން ޑޮލަރު ދައުލަތުން އެކުންފުންޏަށް ދައްކަން ކަމަށެވެ. އެކަމަކު ކޯޓުން ބޭރުގައި މަޝްވަރާ ކުރުމަށް ފަހު އެ އަދަދު ވަނީ 15 މިލިއަން ޑޮލަރަށް ކުޑަ ކޮށްފައެވެ.

ގާސިމްގެ މަސްލަހަތު އޮންނަ ކުންފުންޏަށް ދައުލަތުން ފައިސާ ދައްކާފައިވާއިރު، އެ ކުންފުންޏަށް ދައްކަން ޖެހޭ 5.6 މިލިއަން ޑޮަލަރު ދެއްކުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް