Advertisement
ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 14:33
އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު
އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު
ޓްވިޓަރ
އެޓަރނީ ޖެނެރަލް އޮފީސް
މުއާހަދާގެ ސަބަބުން ރައްޔިތުންގެ ހައްގުތަކެއް ނުގެއްލޭނެ: އޭޖީ
އެ ބިލް މަޖިލީހުން ފާސްކޮށްފައި 65 ވޯޓުން
މުއާހަދާ އަށް އަމަލު ކުރާނީ ގާނޫނާއި ގަވާއިދުގެ ދަށުން
ޔޫއޭއީ، ލަންކާގެ އިތުރުން ރަޝިޔާ އިން ވެސް ވަނީ ހުށައަޅަފައި

ޖިނާއީ ތަހުގީގުތަކަށް އެއްބާރުލުމަށް އިންޑިއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ހައްގުތަކަށް ނުގެއްލޭނެ ކަމަށް އެޓާނިީ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކުރެވޭ މުއާހަދާއަށް ޢަމަލުކުރެވޭނީ، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ. އަދި ޝަރީޢަތް ހިންގުމަށްފަހު ހުކުމް އިއްވުމަށްޓަކައި އެއް ގައުމުން އަނެއް ގައުމަށް މީހުން ބަދަލުކުރުމަކީ، އެ މުޢާހަދާގެ ސްކޯޕްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

ޖިނާއީ އެހީތެރިކަން ބަދަލުކުރުމުގެ އެފަދަ މުޢާހަދާތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ހިންގާ ޖިނާއީ ތަހުގީގުތަކަށް އެހީތެރިކަން ލިބި އެ މަސައްކަތް ހަރުދަނާވާނެ ޖިނާއީ މައްސަލަތައް ހަލުވިކަމާއެކު ނިންމުމަށް އިތުރު ބާރެއް ލިބިގެންދާނެކަން އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މި މުޢާހަދާގެ ސަަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާއި ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަން.

އޭގެއިތުުރުން މުއާހަދާގެ ދަށުން ޝަރީއަތެއްގައި ހެކި ބަސް ދިނުމަށްޓަކައި ދިވެހި ރައްޔިތެއް އެހެން ގައުމަކަށް ގެންދެވޭނީ، ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރެއިން ކަމަށް އޭޖީން ބުންޏެވެ. އޭޖީ އޮފީހުން ބުނީ، އިންޑިއާގެ އިތުރުން، ސްރީލަންކާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ރަޝިޔާ ފަދަ ގައުމުތަކާއެކުވެސް އެފަދަ މުޢާހަދާ ތަކުގައި ސޮއިކުރުމަށްޓަކައި، އެ ގައުމުތަކުން ހުށަހަޅައިގެން އެ ގައުމުތަކާއެކު ދިވެހި ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޓްރިޓީގައި ބައިވެރިވާން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ހޯމަ ދުވަހުއެވެ. އެ ބިލް ފާސްކުރަން 65 މެމްބަރުުން ވަނީ ވޯޓް ދެއްވާފައެވެ. ނުފެންނަކަމަށް 11 މެމްބަރަކު ވަނީ ވޯޓުދެއްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް