Advertisement
ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 13:11
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
ފޭސްބުކް
މަޖިލިސް 2019
އެއްބަސްވުންތައް އެފުއް މިފުށަށް ޖަހާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް
ކުައްލި މައްސަލަ ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު
ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމްއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި
މެމްބަރު މައްސަލަ ހުށަހެޅުއްވީ ގައުމީ ނުރައްކަލަށް ހުށަހެޅިދާނެ މައްސަލައެއް ކަމަށް ބުނެ

ސަރުކާރުން ވެފައިވާ އެއްބަސްވުންތައް އެފުއް މިފުށަށް ޖަހާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާތީ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުއެވެ.މި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް 54 މެމްބަރުން ވަނީ ތާއީދް ކުރައްވާފައެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ވިދާޅުވީ ރައީސް ޔާމީންއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ސަރުކާރުން ވެފައިވާ އެއްބަސްވުންތައް "އެފުއް މިފުށަށް" ޖަހާނެ ކަމަށް ވިދާޅުވެފައިވާތީ، އެކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަފުޅެއް ކަމަށެވެ. އަދި މިއީ ދައުލަތަށް ކުރީގެ ރައީސް ޔާމީން ދެއްވި އިންޒާރެއް ކަމަށް ބެލެވެން އޮތް ކަމަށާއި، މިކަން މިއީ އާދައިގެ ކަމެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށް މެމްބަރު ވިދާޅުވިއެވެ.

Advertisement

މެމްބަރު ވަނީ ސަރުކާރު ބަދަލުވަމުން އަންނައިރު، އޭގެ ކުރީ ސަރުކާރުތަކުން ވެފައިވާ އެއްބަސްވުންތައް ވަކި ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި އުވާލުމާއި ގުޅިގެން ދައުލަތަށް ލިބިފައިވާ ގެއްލުންތަކުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މެމްބަރު ނިހާދު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރަން އިންޑިޔާގެ ޖީއެމްއާރް ކުންފުންޏާއި ދެމެދު ވީ އެއްބަސްވުން ކެންސަލް ކުރުމާއި ގުޅިގެން ދައުލަތަށް ބޮޑެތި ގެއްލުންތަކެއްވެފައިވާކަން ފާހަނގަކުރައްވާފައެވެ.

މި މައްސަލައިގެ އެއް ގަނޑިއިރުގެ ބަހުސް ވަނީ ނިންމާލާފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުރާސްފަތި ދުވަހު ކާނިވާ ސަރަަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނަށް ވެރިކަން ލިބިއްޖެނަމަ، ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އެފުއް މިފުށަށް ޖައްސަވާނެ ކަމަށެވެ. މަދު ބަޔަކާއި އެކު ޕީޕީއެމުން ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވަނީ ސަރުކާރުން ވެފައިވާ ގިނަ އެއްބަސްވުންތަކަށް ފާޑުވިދާޅު ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް