Advertisement
ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 09:58
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ
މިހާރު
އަބްދުﷲ ލުތުފީ
ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދަ ލިބުމާއެކު، ލުތުފީ ރާއްޖެ ގެންނާން: އިމްރާން
ލުތުފީ ފިލާފައިވަނީ ބޭސް ފަރުވާއަށް ފޮނުވުމުން
ލުތުފީ ފިލާފައިވަނީ 2010 ޖެނުއަރީ 16 ވަނަ ދުވަހު
ލަންކާގެ ކަމާއިބެހޭ ގިނަ މުއައްސަސާތަކުން ވަނީ ލުތުފީ ގެންނަން ހުއްދަދީފައި

ލަންކާގެ ޑިފެންސް މިނިސްޓްރީން ހުއްދަ ލިިބުމާއެކު 3 ނޮވެމްބަރު 1988 ވަނަ އަހަރު ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ރާއްޖެ ގެންނާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ލުތުފީ ރާއްޖެ ގެނައުން ލަސްވެފައިވާތީ، އެކަމާއި ސުވާލު ކުރުމަށް އެ މަނިކުފާނު މަޖިލީހަށް ހާޒިރުކޮށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Advertisement

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ލުތުފީ ގެންނަން ލަންކާގެ ކަމާއި ބެހޭ ގިނަ މުއައްސަސާގެ ހުއްދަ ލިބިފައިވާ ކަމަށެވެ. އަދި ހަމައެކަނި މިހާރު ހުއްދަ ލިބިފައި ނުވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އިމްރާން ވިދާޅުވީ ލަންކާގެ ޑިފެންސް މިނިސްޓްރީން ހުއްދަ ލިބުނުހާ އަވަހަށް ލުތުފީ ރާއްޖެ ގެންނާނެ ކަމަށެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ، ހޯމް މިނިސްޓަރ އިމްރާނާއި ސުވާލުކުރައްވަނީ -- ފޮޓޯ: މަޖިލީސް

މެއި މަހުގެ 1 ވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސް ލުތުފީ އަމިއްލައަށް "ސަރަންޑަރ" ކުރުމާއެކު އޭނާ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ނަމަވެސް އެކަމުގައި ލަސްތަކެއް ދިމާވެފައިވަނީ އޭރު ލަންކާ އޮތް ހާލަތުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ލުތުފީ އެމްބަސީއާއި ހަވާލުވި ދުވަސްވަރަކީ ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު، އެ ގައުމު ވަރަށް ނާޒުކު ހާލަތެއްގައި އޮތް ދުވަސްވަރެއްކަން މިނިސްޓަރ އިމްރާން ފާހަގަކުރެއްވި އެވެ.

މިނިސްޓަ ވިދާޅުވީ ލުތުފީ ލަންކާއަށް ބޭސް ފަރުވާއަށް ފޮނުވާފައިވަނީ އޭރުގެ މެޑިކަލް ބޯޑާއި، އެހެނިހެން ކަމާއި ބެހޭ ފަރާތްތަކުންވެސް ހުއްދަ ދީގެން ކަމަށެވެ. އޭނާ ފިލާފައިވާތީ، ކަރެކްޝަންސް އިން ކަމާއިބެހޭ ހުރިހާ މުއައްސަސާއަކަށް އޭރު އަންގާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މެމްބަރުގެ ސުވާލަށް މިނިސްޓަރ އިމްރާން ޖަވާބުދެއްވަނީ -- ފޮޓޯ: މަޖިލީސް

ލުތުފީ ބޭސްފަރުވާއަށް ފޮނުވުމަށް ހުއްދަ ދީފައިވަނީ އޭރުގެ މެޑިކަލް ބޯޑުން، 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، ލަންކާގެ ކަމާއި ބެހޭ އިދާރާތަކުގެ ހުއްދަ ލިބުނުހާ އަވަހަށް ލުތުފީ ރާއްޖެ ގެނެސް ޖަލަށް ލެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ލުތުފީ ޚާއިނެއް ކަމަށާއި، އޭނާ އަށް މާފެއް ނޯންނާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް