Advertisement
ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 00:54
ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުން
ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނި
އައިޑެންޓިޓީ ރައްކައުތެރިކުރުމަށްޓަކައި އެކުދިންގެ އަތޮޅާއި ރަށް ހާމަ ނުކުރާ ކަމަށް ފުލުހުން ބުނި

އުމުރުން 8 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިހިނގާ ޖުލައި މަހުގެ ތިން ވަނަ ދުވަހު ރާއްޖޭގެ ދެކުނުގެ ރަށެއްގައި 8 އަހަރުގެ ކުޑަ ކުޑަކުއްޖަކަށް އޭނާގެ ތިމާގެ މީހަކު ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

Advertisement

އަދި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލައެއް ކަމަށެވެ.

އަނިޔާ ލިބޭ ކުޑަކުދިންގެ އައިޑެންޓިޓީ ރައްކައުތެރިކުރުމަށްޓަކައި އެކުދިންގެ އަތޮޅާއި ރަށް ހާމަ ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް