ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 00:57
ކޭ-ޕޮޕް ކާރޑް
ކޭ-ޕޮޕް ކާރޑް
ހިންދުސްތާނީ ޓައިމްސް
ހޮލީވުޑް
ކޭ ޕޮޕްގެ ކާރޑް އިންޑިއާގައި ޕާރފޯމް ކުރަނީ
ޕާރފޯމް ކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖުލައި މަހުގެ 12 އަދި 14 ގައި
ޕާރފޯމް ކުރުމަށް ހަމަޖެހިފައިވަނީ ނިއު ދިއްލީ އަދި ގުވަހާޓީގައި

ސައުތް ކޮރެއާގެ މަޝްހޫރު ގްރޫޕެއް ކަމަށްވާ "ކޭ ޕޮޕް" ގެ ކާރޑް އިންޑިއާގައި ޕާރފޯމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ކޮންސެޓްގައި ކާރޑް ޕާރފޯމް ކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖުލައި މަހުގެ 12 ގައި ނިއު ދިއްލީ އަދި 14 ގައި ގުވަހާޓީ ގައެވެ.

ދިއްލީގައި ކޮންސެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޓޯކަޓޯރާ އިންޑޯ ސްޓޭޑިއަމްގައެވެ. ގުވަހާޓީ ގައި ޕާރފޯމް ކުރުމަށް ހަމަޖެހިފައިވަނީ ނޯތް އީސްޓް ޒޯން ކަލްޗަރަލް ސެންޓަރ ގެ ޝިލްޕަގްރާމްގައެވެ.

ކާރޑްގެ ފުރަތަމަ ލަވަ "އޯ ނާނާ" ރިލީޒް ކޮށްފައިވަނީ 2016 ގައެވެ. ކޭ ޕޮޕް ގްރޫޕްގެ ފުރަތަމަ އަލްބަމް "ހޯލާ ހޯލާ" ރިލީޒް ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި ގައެވެ.

މި ގްރޫޕްގައި ހިމެނޭ ހަތަރު މެންބަރުންނަކީ ޖޭ ސެފް، ބީއެމް، ސޯމިން އަދި ޖީވޫ އެވެ.

އޮންލައިންކޮށްވެސް ޓިކެޓް ލިބެން ހުރިއިރު މި ޝޯ އާއި ގުޅޭ އިތުރު މައުލޫމަތު "ޕިންކް ބޮކްސް އިވެންޓް" ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 41 މިނެޓު ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް