Advertisement
ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 00:56
ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރަން ދިއުމަށް ތައްޔާރުވެފައި
ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރަން ދިއުމަށް ތައްޔާރުވެފައި
ގޫގުލް
ހައްޖު ކޯޓާ
ފަހުން ހަމަ ޖެހުނު 1000 ކޯޓާގެ ތެރެއިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނަށް!
ބާކީ އޮތް 500 ކޯޓާ އަމިއްލަ ކުންފުނިތަކުގެ މެދުގައި ހަމަހަމަކަމާއި އެކު ވަނީ ބަހާލެވިފައި
ސަރުކާރުން ހައްޖަށް ފޮނުވާފައިނުވާ 45 މީހުން މިއަހަރު ހައްޖަށް ފޮނުވުމަށް މަސައްކަތް ދަނީ ކުރަމުން

1440 ވަނަ އަހަރު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެނދިއުމަށް އިތުރަށް ލިބިފައިވާ 1000 ކޯޓާ ގެ ތެރެއިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ނަގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖު ކޯޓާ ބެހުމުގައި އަމަލުކޮށްފައިވަނީ ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާއި ބެހޭ އުސޫލްގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ބަލާފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެންމެ ގިނަވެގެން ގެންދެވޭނީ ކިތައް މީހުންތޯ ކަމަށެވެ.

ބާކީ އޮތް 500 ކޯޓާ އަމިއްލަ ކުންފުނިތަކުގެ މެދުގައި ހަމަހަމަކަމައި އެކު ބަހާލެވުނުކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ބައެއް ކުންފުނިތަކުން ވަރަށް ގިނަ ކޯޓާ ދިނުމަށް އެދި ސިޓީއިން އެދުނުނަމަވެސް ފަހު ވަގުތު އެ އަދަދަށް މީހުން ގެންދިއުމަށް އުޒުރުވެރިވެފައި ވާ ކަމަށާއި

މިހާރު ވަގުތު އޮތް ގޮތުން އިންތިޒާމްތައް ހަމަޖައްސަން އުނދަގޫ ކަމަށް ވާތީ ޒައީ ގްރޫޕް ޕްރައިވެޓް ލިމިޑެޓް އިން އިތުރު ކޯޓާ ބޭނުން ނުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އެކްރޯ ޕްރައިވެޓް ލިމިޑްޓް އިން ބޭނުން ކުރެވޭނެކަމަށް ނިންމާފައިވަނީ 10 ކޯޓާކަމަށާއި،

އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް އިން 71 ކޯޓާ ކަމަށާއި، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް އިން 140 ކޯޓާ ކަމަށާއި އަދި ބާކީ 279 ކޯޓާ ނަގާފައިވަނީ މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑުން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެހެންކަމުން މުޅި ޖުމްލަ ކޯޓާ ދެވިފައިވަނީ:

Advertisement

1. މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް 1050 ކޯޓާ

2. ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް 230 ކޯޓާ

3. ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް 90 ކޯޓާ

4. އެކްރޯ ޕަރައިވެޓް ލިމިޓެޑް 100 ކޯޓާ

5. އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް161 ކޯޓާ

6. މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް 369 ކޯޓާ

މިނިސްޓްރީން ބުނީ މި ކުންފުނިތަކަށް އިތުރު ކޯޓާ ހަވާލުކޮށްފައިވަނީ އެ ކުންފުނިތަކުން ހުށަހަޅާފައިވާ އަގުގައި ހައްޖަށް މީހުން ގެންދިއުމަށާއި ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ އެންމެހާ ޚިދުމަތްތައް އެގޮތުގައި ފޯރުކޮށްދިނުން ކަމަށެވެ.

1434 ވަނަ އަހަރު މަލީޝާ ޖަމާޢަތަށް ފައިސާ ދައްކާ ހައްޖަށް ދެވިފައިނުވާ ފަރާތްތަކުގެ ތެރެއިން ހައްޖުވެރިޔާ އާއި ދެމެދު ވެވޭއެއްބަސް ވުމެއްގެ ދަށުން އަދި މިހާތަށް ސަރުކާރުން ހައްޖަށް ފޮނުވާފައިނުވާ 45 މީހުން މިއަހަރު އެއްކޮށް ހައްޖަށް ފޮނުވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން އެފަރާތްތައް ހައްޖަށް ފޮނުވުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ފަރާތްތައް ހައްޖަށް ފޮނުވަނީ މިނިސްޓްރީއަށް ރިޒާވްކޮށްފައިވާ ކޯޓާގެ ތެރެއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް