Advertisement
ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 00:55
ފީޓަލް ހަރޓް މޯލްޑިވްސް 2019 ވާރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު
ފީޓަލް ހަރޓް މޯލްޑިވްސް 2019 ވާރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު
ރައީސް އޮފީސް
ނައިބް ރައީސް ފައިސަލް ނަސީމް
ރައްޔިތުން ހިތްހަމަޖެހިގެން ރަށުގައި ދިރިއުޅެވޭނެ ދުވަހެއް އަވަސް ކުރިމަގެއްގައި ހޯދައިދޭނަން: ނައިބް ރައީސް
މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެކަމަށް ވިދާޅުވި
އެނގިފައި ހުރި އެއްޗެއް އެހެން ފަރާތްތަކަށް ކިޔައިދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި

ޞިއްޙީ ނިޒާމަށް ބަދަލުގެނެސް ރައްޔިތުން ހިތްހަމަޖެހިގެން ދިރިއުޅެވޭނެ ދުވަހެއް ހޯދައިދޭން މުޅި ސަރުކާރު މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ޓައިނީ ހަރޓް އޮފް މޯލްޑިވްސް އާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދިޔަ "ފީޓަލް ހަރޓް މޯލްޑިވްސް 2019" ވަރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ޞީއްޙީ ނިޒާމަށް ބަދަލުތަކެއްގެނެސް ރައްޔިތުން ހިތްހަމަޖެހިގެން ރަށްތަކުގައި ދިރިއުޅެވޭނެ ދުވަހެއް އަވަސް ކުރިމަގެއްގައި ހޯދައިދިނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއްކަމަށާއި، އެކަން ޙާޞިލުކުރުމަށް ފަރުވާކުޑަކުރުމެއްނެތި މުޅި ސަރުކާރު މަސައްކަތް ކުރައްވާނެކަމަށެވެ.

ސަރުކާރުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

Advertisement

އެމަނިކުފާނު ވަނީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކުންވެސް، އެބޭފުޅަކަށް އެނގިވަޑައިގެންފައި ހުރި އެއްޗެއް އެހެން ފަރާތްތަކަށް ކިޔައިދީ އަންގައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި "ފީޓަލް ހަރޓް މޯލްޑިވްސް 2019" ވަރކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ."ފީޓަލް ހަރޓް މޯލްޑިވްސް 2019" ވަރކްޝޮޕަކީ ޓައިނީ ހަރޓް އޮފް މޯލްޑިވްސް އިން އިސްނަގައިގެން، ފީޓަލް ހަރޓްއާއި ގުޅޭ މަޢުލޫމާތު ޑޮކްޓަރުންނަށް ދިނުމަށް ބޭއްވި ތިން ވަނަ ވަރކްޝޮޕެވެ.

މި ވަރކްޝޮޕްގައި މި އަހަރު ސާދަ ޑޮކްޓަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އެކިއަހަރުތަކުގެ މަތިން ބާއްވާފައިވާ މި ސިލްސިލާގެ ވަރކްޝޮޕްތަކުން 90 ވަރަކަށް ޑޮކްޓަރުންނަށް މިހާރު މަޢުލޫމާތު ޙިއްޞާ ކުރެވިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް