Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 18:23
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން
ރައްޔިތުންގެ މަޖިލިސް
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
ސިވިލް ސާރވިސް ކޮމިޝަންގެ ނައިބު ރައީސް ވަކިކުރުމަށް ހުށަހަޅުއްވައިފި
ސިވިލް ސަރވިސް ކޮމިޝަން ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ގެ 11:30 ގައި

ސިވިލް ސާރވިސް ކޮމިޝަން ގެ ނައިބު ރައީސް ގެ މަގާމުން ޝަހީދު މުހައްމަދު ވަކި ކުރުމަށް ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ހުށަހަޅުއްވައިފިއެވެ.

އަހްމަދު އަބްދުﷲ މިހެން ހުށަހަޅުއްވާފައި ވަނީ އާދީއްތަ ދުވަހު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ބައްދަލުވުމުގައެވެ.

ބާރަށު ދާއިރާގެ މެމްބަރު ކޮމެޓީ ބައްދަލުވުމުގައި ވަނީ ސިވިލް ސާރވިސް ކޮމިޝަން ގައި ހިނގާ ހުރިހާ ގާނޫނާއި ޚިލާފު މައްސަލަތަކުގައި ކޮމިޝަންގެ ނައިބު ރައީސް ގެ އިހުމާލު އޮތްކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ސީއެސްސީގެ ބައެއް މުވައްޒަފުންގެ ހައްގުތަކަށް ވެސް ޝަހީދު އަރުއްވާފައިވާ ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.

ޝަރުތު ހަމަ ނުވެހުރެ މަގާމު ދީ މަގާމުގެ މައްސޫލިއްޔަތު އަދާނުކުރައްވާ އެތައް ބައެއްގެ ހައްގުތަކަށް އަރައިގަންނަ ކަމުގެ ތުހުމަތު ޝަހީދު މައްޗަށް ކުރައްވައި މަގާމުން ވަކިކޮށް ސީއެސްސީ ޒިންމާދާރު ކުރުވަން ޖެހޭ ކަމަށް ވެސް އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.

Advertisement

މި ހުށަހެޅުމަށް ތާއީދު ކޮށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވަނީ ސިވިލްސާރވިސް ކޮމިޝަންގެ މެމްބަރުން ހޯމަ ދުވަހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުމަށް ހާޒިރު ކުރަން ހުށަހަޅުއްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަން ގެ މެމްބަރުން ކޮމެޓީއަށް ހާޒިރު ކުރަން ނިންމީ ، އެ ކޮމިޝަންގެ މުވައްޒަފަކު ކޮމިޓީއަށް ފޮނުއްވާފައިވާ ވަޒީފާދިނުމުގެ މެންޑޭޓާއި ބެހޭ ޝަކުވާގެ ސިޓީއަކާއި ގުޅިގެން ސުވާލު ކުރުމަށެވެ.

ސިވިލް ސަރވިސް ކޮމިޝަން ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ގެ 11:30 ގައި ބޭއްވޭ ކޮމިޓީގެ ބައްދަލުވުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް