Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 18:15
ރިލްވާންގެ ގެއްލުނު މައްސަލައިގައި އަޑުއުފުލާ އާއިލާއިން ބޭއްވި ހިނގާލުމެއް
ރިލްވާންގެ ގެއްލުނު މައްސަލައިގައި އަޑުއުފުލާ އާއިލާއިން ބޭއްވި ހިނގާލުމެއް
ޓްވިޓަރ/ނައުޓީމަޓޮކްސް
ރިލްވާން މައްސަލަ
ރިލްވާންގެ މައްސަލައިގެ ރިޕޯޓް އެޗްއާރުސީއެމް އިން މަޖިލީހަށް ފޮނުވައިފި
ޝަރިއަތުގެ މަޖިލިސްތަކުގެ އަޑުއެހުމަށް ކޮމިޝަނުން ވަނީ ކޯޓަށް ހާޒިރުވެފައި
ރިލްވާން އަބްދުﷲ ގެއްލިފައި ވަނީ 8 އޮގަސްޓް 2014 ގައި

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވާ މައްސަލައާއި ގުޅޭގޮތުން މިހާތަނަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ރިޕޯޓް އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ހިއްސާކޮށްފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އެޗްއާރު ސީއެމުން ބުނީ މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރިއަތުގެ މަޖިލިސްތަކުގެ އަޑުއެހުމަށް ކޮމިޝަނުން ކޯޓަށް ހާޒިރުވެފައިވާ ކަމަށެވެ.

Advertisement

މީގެ އިތުރުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއި، ފުލުހުންގެ ތަހުގީގާއި ގުޅޭގޮތުން ކޮމިޝަނަށް ފާހަގަކުރެވޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއިއެކު ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށް އެޗްއާރުސީއެމުން މައުލޫމާތު ދެއެވެ.

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލިފައި ވަނީ 8 އޮގަސްޓް 2014 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް