Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 17:47
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ރާއްޖެއެމްވީ
އައިޖީއެމްއެޗް
ކަކުލުހުޅު ބަދަލުކުރުމުގެ އޮޕްރޭޝަން ޓްރީޓޮޕާއި މެޑިކާގައި ފަށައިފި
ފުރަތަމަ އޮޕަރެޝަން ކޮށްފައިވަނީ އާދިއްތަ ދުވަހު
ސިއްޚީ ދާއިރާއިން އަވަސް ޚިދުމަތެއް ހޯދައި ދިނުމަށް ސަރުކާރުން ކުރަމުން އަންނަ ގިނަ މަސައްކަތްތަކެއްގެ ފެށުން ކަމަށް މައުލޫމާތުދޭ

ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ޓޯޓަލް ނީ ރިޕްލޭސްމަންޓް ސަރޖަރީ ( ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން) މަޝްރޫއޫގެ ފުރަތަމަ އޮޕަރޭޝަންތައް އާދިއްތަ ދުވަހު މެޑިކާ އަދި ޓްރީޓޮޕް ހޮސްޕިޓަލްގައި ކާމިޔާބުކަމާއި އެކު ކޮށްފިއެވެ.

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނީ ސިއްޚީ ޚިދުމަތުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ލުއިފަސޭހަކަން ލިބިގެންދާނޭ ކަމެއްކަމުގައި ވާތީ، މިއަދު މި ފެށުނު މަޝްރޫއަކީ ސިއްޚީ ދާއިރާއިން ރައްޔިތުންނަށް ލުއި ފަސޭހަކަމާއިއެކު އަވަސް ޚިދުމަތެއް ހޯދައި ދިނުމަށް ސަރުކާރުން ކުރަމުން އަންނަ ގިނަ މަސައްކަތްތަކެއްގެ ފެށުން ކަމަށެވެ.

Advertisement

"އައިޖީއެމްއެޗަކީ މުޅި ރާއްޖޭގެ އާބާދީއަށް ޚިދުމަތްދެމުން އަންނަ، ސިއްޚީ ޚިދުމަތުގެ މައި ނާރެސް ކަމުގައި ވީހިނދު، މި ހޮސްޕިޓަލް މިހާރުވެސް ހިނގަމުން އަންނަނީ ފުލް ކެޕޭސިޓީގައި" އައިޖީއެމްއެޗުން ބުންޏެވެ.

މި މަޝްރޫއަކީ ސަރުކާރުން އިސްނަގައިގެން، ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްޚީ ޚިދުމަތް އަވަސްކުރުމަށްޓަކައި އާސަންދައާއި އައިޖީއެމްއެޗްގެ ފަރާތުން މެޑިކާ އަދި ޓްރީޓޮޕް ހޮސްޕިޓަލާއި އެކު ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދެވޭ މަޝްރޫއުއެއް ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް