Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 18:33
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުން
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުން
ރައްޔިތުންގެ މަޖިލިސް
މިނިވަން މުއައްސަސަތަކުގެ ކޮމެޓީ
އީސީ އާއި އިންފޮމޭޝަން ކޮމިޝަނަރ މިރޭ ކޮމިޓީއަށް ހާޒިރު ކުރަނީ
ހާޒިރު ކުރެވެނީ މިރޭ 20:30 ގަ

އިލެކްޝަން ކޮމިޝަން ގެ މެމްބަރުންނާއި އިންފޮމޭޝަން ކޮމިޝަނަރު އާދީއްތަ ދުވަހުގެ ރޭ، 20:30 ގައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

Advertisement

އިލެކްޝަން ކޮމިޝަންގެ މެމްބަރުން ހާޒިރު ކުރުމަށް ހުށަހެޅުއްވީ ބިލަތްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމްއެވެ. މެމްބަރު ހަލީމް ގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ކޮމެޓީގެ މެމްބަރުންނާއި ބައްދަލު ކުރެއްވުމަށް އެދިފައިވުމުން އެ ބައްދަލުވުމަށް އިންފޮމޭޝަން ކޮމިޝަނާރ ވެސް ހާޒިރު ކުރުމަށް ފެންނަ ކަމަަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު

އިލެކްޝަން ކޮމިޝަނާއި އިންފޮމޭޝަން ކޮމިޝަނާރ ކުއްލި ގޮތަކަށް މަޖިލީހަށް ހާޒިރު ކުރުމަށް ނިންމަވާފައި ވަނީ، މުންޑޫ ކައުންސިލުން އިލްކެޝަން ކޮމިޝަނަށް ހުށަހެޅި ޕެޓިޝަނެއްގެ މައުލޫމާތު އިންފޮމޭޝަން ކޮމިޝަނާއި ހިއްސާ ނުކުރި މައްސަލައިގައި، ހޯމަ ދުވަހު ހުޅުވާލެވިގެން ގެންދެވޭ އަޑު އެހުމަކަށް އިންފޮމޭޝަން ކޮމިޝަނަރ އޮފީހަށް އިލެކްޝަން ކޮމިޝަން ހާޒިރުވާން ތާވަލު ކުރުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް