Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 16:37
އޭސީސީގެ ނައިބު ރައީސްކަމަށް އައްޔަނުކުރެވުނު އައިމިނަތު މިންނާ
އޭސީސީގެ ނައިބު ރައީސްކަމަށް އައްޔަނުކުރެވުނު އައިމިނަތު މިންނާ
އޭސީސީ
އެންޓި ކޮރަޕްޝަން ކޮމިޝަން
އޭސީސީގެ ނައިބު ރައީސަކަށް މިންނާ އައްޔަނުކޮށްފި
މިންނާ އައްޔަނުކުރީ ކޮމިޝަންގެ މެމްބަރުންގެ ތާއީދާ އެކު
އޭސީސީގެ މެމްބަރުކަމަށް މިންނާ އައްޔަނުކުރީ 2014 ވަނަ އަހަރު ރައީސް ޔާމިން
އެ ކޮމިޝަންގެ ނައިބު ރައީސަކަށް ކުރިން ހުންނެވި މުއައްވިޒު އެއީ މިހާރު ކޮމިޝަންގެ ރައީސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސްއަކަށް، އެ ކޮމިޝަންގެ މެމްބަރު އައިމިނަތު މިންނާ އައްޔަނު ކޮށްފިއެވެ.

އޭސީސީގެ ނައިބު ރައީސްގެ މަގާމަށް މިންނާ އައްޔަނުކުރީ، ކުރިން އެ މަގާމުގައި ހުންނެވި މުއައްވިޒް ރަޝީދު އެ ކޮމިޝަނުގެ ރައީސްގެ މަގާމަށް ހަމަޖެއްސުމާއި ގުޅިގެންނެވެ. ނައިބު ރައީސްގެ މަގާމަށް މިންނާ އައްޔަނުކޮށްފައި ވަނީ އެ ކޮމިޝަންގެ މެމްބަރުގެ ތާއީދާ އެކު ކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސީސީގެ މަގާމުތަކަށް ބަދަލު ގެންނަން ޖެހުނީ، ކުރިން އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލުތުފީ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވި އިރު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ވަނީ އޭނާ މަގާމުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީ ވުމުގެ ފުރުސަތު އަރުވަން ނިންމާފައެވެ.

Advertisement

މަޖިލީހުގެ ކޮމިޓީން އޭނާއަށް ޖަވާބުދާރީ ވާން ފުރުސަތު ދޭން ނިންމީ، މަގާމުން ވަކިކުރަން ކޮމިޓީން ފާސްކުރުމަށް ފަހުގައެވެ. ލުތިފީ މަގާމުން ވަކިކުރަން ކޮމީޓީއިން ނިންމީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދިހަ ވަނަ ދުވަހުން ފެށިގެން މަގުބޫލު އުޒުރަކާ ނުލާ އޮފީހަށް ނުނިކުންނެވުމާއި ގުޅިގެންނެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ބަރާބަރަށް މުސާރަ ނަންގަވާފައެވެ.

ނައިބު ރައީސް ކަމަށް އައްޔަނުކުރެވުނު، އައިމިނަތު މިންނާ އޭސީސީގެ މެމްބަރުކަމުގެ ހުވާ ކުރެއްވީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް