Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 15:02
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ)
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ)
ސޯޝަލް މީޑިއާ
މޯލްޑިވްސް ޕޮލިސް ސަރވިސް
"ރަހީނުކުރި" މައްސަލައިގައި ކުރީ ސަރުކާރުގެ އިސްފަރާތްތަކަށް ދައުވާ ކޮށްދިނުމަށް ޝުމްބާ ހުށައަޅައިފި
ލަންކާގައި ހުއްޓާ ޝުމްބާ ހައްޔަރު ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 1 ގައި

ސްރީލަންކާގައި ހުއްޓާ އެ ގައުމުގެ ގާނޫނާ ޚިލާފަށް ކުރީގެ ސަރުކާރުން "ރަހީނުކޮށްގެން" މާލެ ގެނައި މައްސަލައިގައި ކުރީ ސަރުކާރުގެ އިސް ފަރާތްތަކާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ފުލުހުންނަށް ހުށައަޅައިފިއެވެ.

ޕޮލިސް ކަމިޝަނަރ މުހައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީގައި އޭނާ ބުނެފައިވަނީ ނޮވެމްބަރު، 1، 2015 ގައި ލަންކާ އިން އޭނާ ހައްޔަރުކުރީ ސައްހަ ވިސާއެއްގައި ލަންކާގެ ބޮލަރެސްގަމުވާގެ ގެއެއްގެ ތެރޭގައި ހުއްޓައި ހަތިޔާރާއެކު ކޮން ބައެއްކަން ނޭނގޭ ބަޔަކާއި އެކު ދިވެހި ފުލުހުން ވަދެ ކަމަށެވެ. އެހެންކަމުން އޭނާ ރަހީނު ކުރި މައްސަލަ ބަލައިދިނުމަށް އެދޭ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

އޭގެއިތުރުން ރަހީނުކޮށް، ބަޑި ޖައްސައިގެން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގެންގޮސް މާލެ ގެނައުމުގައި ޝާމިލުވާ ފަރާތްތަކަށް ދައުވާ ކޮށްދިނުމަށް އެދޭކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އެސިޓީގައި ވަނީ އެމައްސަލާގައި ހިމެނޭ ފަރާތްތަކުގެ ނަންތައް ވެސް ހިމަނާފައެވެ. އެގޮތުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި، ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނާއި، އޭރު ލަންކާގެ އެމްބެސެޑަރަކަށް ހުންނެވި ޒާހިޔާ ޒަރީރާއި، ފަސްޓް ސެކެޓްރީ ހަސަން އާދަމާއި، އެމްއެންޑީއެފްގެ ކާނަލް އަހުމަދު ގިޔާސާއި، އޭރުގެ ކަމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފާއި، އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ މައްޗަށް ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ވަނީ އެދިފައެވެ.

Advertisement

ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި ލަންކާގައި ހުއްޓާ ހައްޔަރުކޮށްގެން ޝުމްބާ ގެނެސްފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް 14 މަސް ބަންދުގައި ބެހެއްޓުމަށް ފަހު 2017 ވަނަ އަހަރު އޭނާ ގޭ ބަންދަށް ބަދަލުކުރި އެވެ.

އެއަށްފަހު ޝުމްބާ މިނިވަންވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ލަންކާގައި ހުއްޓާ ޝުމްބާ ރާއްޖެ ގެނެސްފައި ވަނީ "ޖަހައިގަނެގެން" ކަމަށެވެ. އަދި އެއީ ލަންކާ ސަރުކާރުން ހުއްދަ ނެތި ކުރިކަމެއް ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން ދިވެއްސަކު އެނގިވަޑައިގަންނަވާނެ ސޯޝަލްމީޑިއާ އެކްޓިވިސްޓެއް އަޝްރަފް، ޝުމްބާ ސިލޯނުގައި ހުއްޓާ ސަރުކާރުން ވަނީ ޖަހައިގަނެގެން މިކޮޅަށް ގެނެސްފައި. އެކަމާއި ގުޅިގެން ސިލޯނު ސަރުކާރުން އެއީ ތިމަންނަމެންގެ ހުއްދަ ނެތި ކުރިކަމެއްކަމަށް އޮތީ ސަރުކާރަށް އަންގާފައި. އޭރުގެ ސަރުކާރުން ސިލޯނުގެ ކޮންމެވެސް ބަޔަކާއި ގުޅިގެން އެކަން ހިންގާފައި އޮތީ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް