Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 12:17
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ
ފޭސްބުކް
ފަނޑިޔާރު ދީދީ
ހުކުރު ދުވަހުގެ ކުރިން ދީދީ ރާއްޖެ ވަޑައިގަންނަވާނެ: ވަކީލު
މެލޭޝިޔާ އަށް ފުރާވަޑައިގެންނެވީ ޖޫން 28 ގައި
ޖޭއެސްސީން ވަނީ ފަނޑިޔާރަށް 15 ދުވަސް ދީފައި
ދީދީ އަށް ސީރއަސް ތުހުމަތު ތަކެއް ކުރެވޭ

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހުކުރު ދުވަހުގެ ކުރިން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ދީދީގެ ވަކީލު އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ ތަހުގީގު ކުރިޔަށް ދަނިކޮށް އަމިއްލަ ދަތުރުފުޅެެއްގައި ދީދީ މެލޭޝިޔާ އަށް ފުރާވަޑައިގެންފައިވަނީ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.

Advertisement

ޖޭއެސްސީން ފަނޑިޔާރު ދީދީ އަށް 15 ދުވަސް ދީފައިވެއެވެ. ހުކުރު ދުވަހު 15 ދުވަސް ހަމަވާއިރު، ރާއްޖެ.އެމްވީ އަށް މައުލޫމަތު ދެއްވަމުން ދީދީގެ ވަކީލް ޝަމީމް ވިދާޅުވީ، ފަނޑިޔާރު އަނބުރާ ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް ސީދާ ވިދާޅުވެފައިނުވާ ކަމަށާއި، އެހެން ނަމަވެސް ހުކުުރު ދުވަހުގެ ކުރިން ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ދީދީގެ ތަހުގީގު ކޮމިޓީން އެ މައްސަލާގައި ވަކި ގޮތެއް ނިންމުމަށް ފަހު ފަހުން ހާމަކުރާނެ ކަމަށެވެ.

ޖޭއެސްސީން އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ ޝަރީޔަތުގައި ފަނޑިޔާރު ދީދީ ވަކީލުންނާއެކު

ފަނޑިޔާރު ދީދީގެ މައްޗަށް ކުރެވެނީ ބޮޑެތި ތުހުމަތުތަކެއް

ދީދީގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނަތުގައި ހިމެނޭ މީހުންގެ އަތުން ފައިސާ ނެގުމުގެ އިތުރުން މަގާމު ބޭނުންކޮށް ނާޖާއިޒު މަންފާ ހޯދުންވެސް ހިމެނެއެވެ. އެ ހުރިހާ ތުހުމަތުތަކަކަށް ދީދީ އިންކާރު ކުރައްވައެވެ.

ޖޭއެސްސީން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ތަހުޤީޤުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، ފަނޑިޔާރު ދީދީގެ އަނބިކަނބަލުންނަށް ނުފޫޒުން މަޤާމެއް ހޯދައިދެއްވުމަށް އެދިވަޑައިގެން ކޮށްފައިވާ މެސެޖުތަކެއް ވެސް ހިމެނެ އެވެ. އެގޮތުން މެލޭޝިއާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް އޭނާގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ގަފޫރު ހަމައްޖައްސައިދޭން އެދިފައިވާކަން އެ މެސެޖުތަކުން ހާމަވެއެވެ.

އޭގެ އިތުރުން އޭސީސީ އަށް މީހަކު އައްޔަންކުރުމުގައި ވެސް ވަކި މީހެއްގެ ނަން އަބްދުﷲ ދީދީ "ސަސްޕެކްޓް 1" ގެ ފޯނަށް ފޮނުވާފައިވާކަން އެނގޭ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ. އަދި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލަން އަބްދުﷲ ދީދީ، ކުށުގެ ވެށީގައި ހިމެނޭ މީހަކު މުއާމަލާތް ކޮށްފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށާއި، އަދި އެ މީހާ ވަނީ އަބްދުﷲ ދީދީ ބަންދުން ދޫކޮށްލާފައި ކަމަށް ވެސް ޖޭއެސްސީން ތަހުޤީޤްގައި ހާމަކޮށްފައި ވެެއެވެ.

ޖޭއެސްސީން ކުރިއަށްގެންދިޔަ ތަހުޤީޤުން ހާމަވި އިތުރު ކަންތައްތަކުގެ ތެރޭގައި ސިޔާސީ ފަރާތްތަކަށް ވަކި ގޮތަކަށް ހުކުމް ކުރުމަށް އަބްދުﷲ ދީދީ އަށް ފައިސާ ދިންކަން ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލޯންޑަކުރުމުގެ ތުހުމަތުކުރެވޭ މީހުންގެ އަތުން އަބްދުﷲ ދީދީ އެކި ފަހަރުމަތިން ފައިސާ ނެންގެވި ކަމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދަން އުޅުއްވި ކަމަށް ބެލެވޭ ހެކި އެމްއެމްޕީއާރްސީގެ ތަހުގީގުން ފުލުހުންނަށް ލިބިފައިވާކަން ވެސް ހާމަކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް