Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 12:10
އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބް
އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބް
ޝުއައިބް މުހައްމަދު އިގްބާލް
ޕްރިވަޓައިޒޭޝަން ބޯޑު
ޕްރިވަޓައިޒޭޝަން ބޯޑުގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް އޮޑިޓަރ ޖެނެރަލްއާއި މަޝްވަރާކޮށްފި
ފޯމެންސް އޮޑިޓްގެ ރިވިއުއެއް ހޯމަ ދުވަހު ފޮނުވާނެކަމަށް އޮޑިޓަރ ޖެނެރަލް ބުނެފައިވޭ

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ޕާފޯމެންސް އޮޑިޓަކަށް އެދި އޮޑިޓަރ ޖެނެރަލް އާއި މަޝްވަރާކުރެވިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް (އެސްއޯއީ) ކޮމިޓީގެ މުގައްރިރު، އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން އިލްޔާސް ލަބީބް ވިދާޅުވީ، ޕްރައިވަޓައިޒޭޝަން ބޯޑުގެ ޕާފޯމެންސް އޮޑިޓަކަށް ކޮމެޓީން އެދިފައިވާނެކަމަށެވެ. އަދި ކޮމެޓީންް އެދުނު ޕާފޯމެންސް އޮޑިޓްގެ ރިވިއުއެއް ހޯމަ ދުވަހު ފޮނުވާނެކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވާކަމަށް އިލިޔާސް ވިދާޅުވި އެވެ.

Advertisement

ޕްރައިވަޓައިޒޭޝަން ބޯޑުގެ ޕާފޯމެންސް އޮޑިޓެއް ހައްދަން އެސްއޯއީ ކޮމިޓީން ނިންމާފައިވަނީ ޤާނޫނުގައި އޮތް ނަމަވެސް 2014 ވަނަ އަހަރާއި 2018 ވަނަ އަހަރު، ބޯޑު މެމްބަރުން އައްޔަނު ކުރެއްވުމަށްފަހު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިނުވުމުންނެވެ. އަދި ބޯޑަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ނުކުޅެދިފައިވާތީ އެވެ.

ޤާނޫނުގައި ބުނެފައިވާގޮތުން ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރުމަށްފަހު، އެ މެމްބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް