Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 11:52
ިްިއިންކްލޫސިވް އެޑިއުކޭޝަން ޕްރޮގްރާމްގެ މަސައްކަތު ބައްދަލުވުން
ިްިއިންކްލޫސިވް އެޑިއުކޭޝަން ޕްރޮގްރާމްގެ މަސައްކަތު ބައްދަލުވުން
ރާއްޖެއެމްވީ
އެޑިއުކޭޝަން މިނިސްޓްރީ
އިންކްލޫސިވް އެޑިއުކޭޝަން ޕްރޮގްރާމްގެ މަސައްކަތު ބައްދަލުވުން ފަށައިފި
މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން 25 ޓީޗަރުން
ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ރާއްޖޭގެ ކުދިން ގިނަ، ޓީޗަރުން މަދު، ކުދި ސްކޫލްތަކަށް މި ދާއިރާއިން އެހީތެރިވުން

އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް އެޑިއުކޭޝަން ޑިޕާޓްމެންޓްގެ ފަރާތުން ކުރިއަށް ގެންދާ އިންކޫސިވް އެޑިއުކޭޝަން ޕްރޮގްރާމް ފަށައިފިއެވެ.

ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކިޔަވާދޭ ޓީޗަރުން ތަމްރީންކުރުމުގެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން 25 ޓީޗަރުންނެވެ. މި ޕްރޮގްރާމް ކުރިއަށް އޮތް 4 ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

މި ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ރާއްޖޭގެ ކުދިން ގިނަ، ޓީޗަރުން މަދު، ކުދި ސްކޫލްތަކަށް މި ދާއިރާއިން އެހީތެރިވުމެވެ.

އޮގަސްޓް މަހުގެ ނިޔަލަށް މި ޕްރޮގްރާމްގެ ދަށުން ތަމްރީން ކުރެވޭ ޓީޗަރުން މަސައްކަތް ކުރަމުންދާނީ މިނިސްޓްރީއިން ކަނޑައެޅާ ސްކޫލްތަކުގައެވެ.

މިނިސްޓާރ އޮފް އެޑިއުކޭޝަން އައިޝަތް އަލީ ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

އިންކްލޫސިވް އެޑިއުކޭޝަން ކޯޗުން ތަމްރީނުކުރުމުގެ މަސައްކަތު ބައްދަލުވުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓާރ އައިޝަތް އަލީ ވާހަކަދައްކަވަމުން ވިދާޅުވީ، އުނގެނުމުގައި ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ތައުލީމް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެއްކަމަށެވެ. އަދި ސަރުކާރުގެ މެނިފެސްޓޯގައި މި ދާއިރާއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ކުރުމަށް ރޭވިފައިވާ ކަންކަމަށް އަލިއަޅުވާލަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރު ތެރޭގައި އިންކްލޫސިވް އެޑިއުކޭޝަން ޕޮލިސީ މުރާޖާ ކުރެވި، މި ދާއިރާ އަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ދެނެގަނެވޭނެކަމަށެވެ. އަދި މި މަސައްކަތްތައް ނިމޭއިރު އިންކްލޫސިވް އެޑިއުކޭޝަން ގެ މިސްރާބް، އަދި ހާސިލް ކުރަން ބޭނުންވާ ނަތިޖާ އެނގިގެންދާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޑިޕާޓމެންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ ނަމުގައި ވަކި އޮފީހެއް އުފައްދާ، ތައުލީމީ ދާއިރާއިން ދެމުން ދިޔަ ޚިދުމަތްތައް މިހާރުވާނީ އިތުރު ކުރެވިފައިކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް