ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 15:55
ބްރެޒިލްގެ ލަވަކިއުންތެރިޔާ ޖުއާއޯ ޖިލްބަރޓޯ
ބްރެޒިލްގެ ލަވަކިއުންތެރިޔާ ޖުއާއޯ ޖިލްބަރޓޯ
އޭއެފްޕީ/ގެޓީ
ބްރެޒިލް
ބްރެޒިލްގެ ލަވަކިއުންތެރިޔާ ޖުއާއޯ ޖިލްބަރޓޯ މަރުވެއްޖެ
އޭނާ މަރުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު
އެމެރިކާގެ މިއުޒިކީ ފަންނާނެއް ކަމަށްވާ ސްޓޭން ގެޓްޒް އާއެކު ޖުއާއޯ ނެރުނު އަލްބަމަކަށް ވަނީ އެމެރިކާގެ ގްރޭމީ އެވޯޑް ލިބިފަ

ބްރެޒިލްގެ މަޝްހޫރު ލަވަކިއުންތެރިޔާ ޖުއާއޯ ޖިލްބަރޓޯ، އޭނާގެ އުމުރުން 88 އަހަރުގައި މަރުވެއްޖެއެވެ.

ބެލުންތެރިންގެ ތެރޭގައި މަގުބޫލު ލަވަ ކިޔުންތެރިއާ އަދި ކޮމްޕޯސަރ ޖުއާއޯ މަޝްހޫރު ވެފައިވަނީ ގިނަ ބައެއްގެ ތާއީދު ލިބިފައިވާ "ބޮސަ ނޯވާ" މިއުޒިކް އުފެއްދުމުންނެވެ.

ރިޕޯޓުތައް ދައްކާގޮތުން އޭނާ މަރުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު، ރިއޯ ގައި ހުންނަ އޭނާގެ ގޭގައެވެ. ޖުއާއޯގެ ފިރިހެން ދަރިފުޅު މާސެލޯ ޖިލްބަރޓޯ ވަނީ އޭނާ މަރުވި ކަމުގެ ހަބަރު، ފޭސްބުކްގެ ޒަރީއާއިން ކަށަވަރު ކޮށްދީފައެވެ.

1964 ވަނަ އަހަރު، އެމެރިކާގެ މިއުޒިކީ ފަންނާނެއް ކަމަށްވާ ސްޓޭން ގެޓްޒް އާއެކު ޖުއާއޯ ނެރުނު އަލްބަމަކަށް ވަނީ އެމެރިކާގެ ގްރޭމީ އެވޯޑް ވެސް ލިބިފައެވެ.

ބްރެޒިލްގެ ބަހީއާ އަށް އުފަން ޖުއާއޯ ލަވަ ކިޔުމުގެ ދާއިރާއަށް ނުކުމެފައިވަނީ އޭނާގެ އުމުރުން 18 އަަހަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 39 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް