މާފުށީގައި ކުޑަ ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި ޏ.ފުވައްމުލަކަށް ނިސްބަތްވާ މި ކުއްޖާ އަކީ ކ. މާފުއްޓަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު އާއިލާއެއްގެ ހަތަރު އަހުރުގެ ފިރިހެން ކުއްޖެކެވެ.
ފުލުހުން ބުނީ ކުއްޖަކު ގެނބިގެން އުޅޭކަމަށްބުނެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށާއި، މި ހާދިސާއާ ގުޅިގެން ފުލުހުން އެސަރަހައްދަށް ދިޔަ އިރު ގެނބުނު ކުޑަކުއްޖާ މާފުށީ ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަމަށެވެ.
މާފުށީ ހެލްތު ސެންޓަރަށް ގެނބުނު ކުޑަކުއްޖާ ގެންދިޔަ އިރުވެސް ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.