އާދީއްތަ ދުވަހު ބާއްވާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގައި ހުރި ލިޔުންތަކެއް ހޯދުމަށް އިންފޮމޭޝަން ކޮމިޝަނާރގެ އޮފީހުން ބޭނުންވެގެން ގުޅޭ މައްސަލައަށް ގޮތެއް ނިންމަން އެޖެންޑާ ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މުންޑޫގެ ކައުންސިލްގެ ޕެޓިޝަނެއް އިންފޮމޭޝަން ކޮމިޝަން އާއި ހިއްސާ ނުކުރި މައްސަލައިގައި ގޮތެއް ކަނޑައަޅައިދިނުން އެދި އިލެކްޝަން ކޮމިޝަނުންވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައެވެ.
މީގެ އިތުރުން އާދީއްތަ ދުވަހު ގެ ކޮމިޓީ ބައްދަލުވުގައި ވަނީ ސިވިލް ސަރވިސް ކޮމިޝަންގެ މުވައްޒަފަކު ފޮނުވާފައިވާ ޝަކުވާއަށް ގޮތެއް ނިންމުމާ، އެ ކޮމިޝަންގެ މެމްބަރުންނާއި ބައްދަލުކުރާނެ ދުވަހެއް ކަނޑަ އެޅުއްވުން އެޖެންޑާ ކޮށްފައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަގާމުތަކަށް މީހުން ނެގުމާ މަތީ ތައުލީމްގެ ކޯސްތައް ދިނުމަށް ހުޅުވާލާފައި އޮތް އޮތުމާއި ގުޅިގެން މަޝްވަރާ ކުރެއްވުން ވެސް މިބައްދަލުވުމަށް އެޖެންޑާ ކޮށްފައިވެއެވެ.