ކ. މާލެ
|
6 ޖުލައި 2019 | ހޮނިހިރު 18:45
ޔަމަހާ ހައްޓި 4 ސައިކަލް ޕްރޮމޯޝަން 2019
ޔަމަހާ ހައްޓި 4 ސައިކަލް ޕްރޮމޯޝަން 2019
ޔަމަހާ
ޔަމަހާ
ޔަމަހާގެ ސައިކަލު ތަކުން 3000 ރުފިޔާ އާ ހަމައަށް ޑިސްކައުންޓް
ފުލް ކޭޝްކޮށް ނަގާ ކަސްޓަމަރުންނަށް ކޭޝް ޑިސްކައުންޓް
އިންސްޓޯލްމެންޓް ކަސްޓަމަރުންނަށް ޑައުންޕޭމެންޓް ދައްކާލުމުން 50 ޕަސެންޓް ދައްކޮށް އިންސްޓޯލްމެންޓް ޕޭމެންޓް ދެއްކުމުގެ ފުރުސަތު
އިންސްޓޯލްމެންޓް ކަސްޓަމަރުންނަށް އެބޭފުޅުންގެ ނަންމަތީ ސައިކަލް ރަޖިސްޓްރީ ކުރުމަށް ފަހު ޕްރައިވެޓް ބޯޑުގައި ސައިކަލް ދޫކުރުން

އެލިއާ އިންވެސްޓްމެންޓްސްއިން ޔަމަހާ ހައްޓި ހަތަރެއްގެ ނަމުގައި ޕްރޮމޯޝަން އެއް ފަށައިފިއެވެ.

ޔަމަހާގެ 64 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ފަށާފައިަވަނީ ޖުލައި މަހުގެ ފަސް ވަނަ ދުވަހުއެވެ. މި ޕްރޮމޯޝަން އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ އިރު ޕްރޮމޯޝަންގެ ދަށުން ޔަމަހާގެ ސައިކަލު ތަކުން 3،000 ރުފިޔާ އާ ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ.

ރާއްޖެޓީވީއަށް ދިން އިންޓަވިއު އެއްގައި ޔަމަހާގެ މާކެޓިން އެގްޒެކްޓިވް ސުހާ މަހްމޫދު ވިދާޅުވީ ގަނޑުކޮށް ފައިސާ ދައްކާފައި ސައިކަލް ބައްލަވާ ގަންނަ ފަރާތްތަކަށް 3000 ރުފިޔާގެ ޑިސްކައުންޓް ލިބޭނެ ކަމަށާއި އިންސްޓޯލްމެންޓަށް ސައިކަލު ނަގާ ކަސްޓަމަރުންނަށް 50 ޕަސެންޓް ދަށްކޮށް ޑައުންޕޭމެންޓް ދެއްކުމުގެ ފުރުސަތު މި ޕްރޮމޯޝަންގެ ދަށުން ލިބިގެންދާނެ ކަމުގައެވެ.

އަދި އިންސްޓޯލްމެންޓް ކަސްޓަމަރުންނަށް އެބޭފުޅުންގެ ނަންމަތީ ސައިކަލް ރަޖިސްޓްރީ ކުރުމަށް ފަހު ޕްރައިވެޓް ބޯޑުގައި ސައިކަލް ދޫކުރާނެ ކަމަށް ސުހާ ވަނީ ބުނެފައެވެ.

ހުކުރު ދުވަހު ޕްރޮމޯޝަން ފެށުމުގެ ގޮތުން ހުޅުމާލެ އެއާރޕޯޓް ބަސް ސްޓޮޕް ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހާއްސް އިވެންޓްގެ ޑައުން ޕޭމަންޓް ދެއްކުމަށްފަހު ހަމަ އެކަނި އައިޑީ ކާޑު ދައްކައިގެން ވަގުތުން ވަގުތަށް އެގްރިމެންޓް ގެ ހުރިހާ ކަމެއް ނިންމުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އިވެންޓްގައި ކުޑަ ކުދިންނަށް ހާއްސަ ކޮށްގެން ކުލަ ޖެއްސުމުގެ މުބާރާތެއް ވެސް ޔަމަހާއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމަ އެކަނި ޔަމަހާ ބްރޭންޑްގެ ސައިކަލުތަކެވެ.

- ކޮމެންޓް