Advertisement
ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 23:18
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތަގުރީރުކުރައްވަނީ
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތަގުރީރުކުރައްވަނީ
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް
ޗީފް އޮފް ޑިފެންސް ފޯސް
ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއާގެ އައިޑީއެސްއޭގައި ތަގުރީރު ކުރައްވައިފި
މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތަގުރީރުކުރައްވާފައިވަނީ ކުދި ގައުމުތަކުގެ ގައުމީ ސަލަމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން
އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމިޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއާގެ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީސޒް އެންޑް އެނަލިސިސްގައި (އައިޑީއެސްއޭ) ގައި ހުކުރު ދުވަހު ތަގުރީރު ކުރައްވައިފިއެވެ.

އައިޑީއެސްއޭގައި ބޭއްވި ސެޝަންގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތަގުރީރުކުރައްވާފައިވަނީ ކުދި ގައުމުތަކުގެ ގައުމީ ސަލަމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުންނެވެ.

Advertisement

އައިޑީއެސްއޭގައި ބޭއްވި ސެޝަންގެ ތެރެއިން

މި ސެޝަންގައި މޭޖަރ ޖެނެރަލް ޝަމާލްގެ އަރިހުގައި އަިޑީއެސްއޭގެ ޑައިރެކްޓަރު ޖެނެރަލް ސުޖާން އާރުޗީނޯއީގެ އިތުރުން އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާމްޓް ބްރިގޭޑިއަރ ޖެނެރަލް ހާމިދު ސަފީގު އާއި ޕްލޭނިންގ ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓްގެ ޑައިރެކްޓަރ މޭޖަރ ހަސަން އާމިރު ބައިވެރިވެވަޑައިގެންނެވިއެވެ.

މޭޖަރ ޖެނެރަލް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމިޓީގެ ދައުވަތަކަށް ކުރައްވާ 5 ދުވަހުގެ ދަތުރުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް