ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 18:55
ބޯސް ފްރޭމް
ބޯސް ފްރޭމް
ރާއްޖެއެމްވީ
ރީފް ސައިޑް
ރީފްސައިޑުން ބޯސް ފްރޭމްގެ ޕްރޮމޯޝަނެއް ފަށަނީ
މި ޕްރޮމޯޝަން ޖުލައި މަހުގެ 06 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާއަށް ކުރިއަށްދާނެ

ރީފްސައިޑުން ބޯސް ފްރޭމްގެ ޕްރޮމޯޝަނެއް ފަށަން ނިންމައިފިއެވެ.

މި ޕްރޮމޯޝަން ޖުލައި މަހުގެ 06 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާއަށް ކުރިއަށްދާނެއެވެ.

ރީފްސައިޑުން ވިއްކާ ބޯސް ފްރޭމަކީ އަވި އައިނެކެވެ. މި އަވި އައިނުން ލަވަ ޖެހުމުގެ އިތުރުން ފޯން ކޯލްތައް ވެސް ނަގާލެވޭނެއެވެ.

ރީފްސައިޑުން ފަށާފައިވަނީ މި ޕްރޮޑަކްޓްގެ ޕްރީ އޯޑަރ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން ޕްރީ އޯޑަރ ކުރައްވާ ފަރާތްތަކަށް ބޭނުންވާ އިތުރު ލެންސެއް ލިބިގެންދާނެ ކަމަށާއި ރީފް ސައިޑަށް ފިހާރައަށް ވަޑައިގެން، ޕްރޮޑަކްޓް ވިއްކާ އަގުގެ 50 އިންސައްތަ ދެއްކެވުމުން 15 ދުވަސް ތެރޭގައި ފްރޭމް ލިބިގެންދާނެ ކަމަށް ރީފްސައިޑުން މައުލޫމާތުދެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރީފްސައިޑްގެ ސީނިއަރ މާކެޓިންގ އެގްޒެކްޓިވް މުހައްމަދު އަހުސަން ވިދާޅުވީ މި ފްރޭމްގެ ދުނިގަނޑު އިންނަނީ ކަންފަތާއި ދިމާލަށް ކަމަށާއި އޯޑިއޯ ކޮލެޓީ ބޯސް ސްކީޕަރުގައި ހުންނަ ވަރަށް ލިބިގެންދާނެ ކަމަށެވެ.

"މެޓީރިއަލަށް ބަލާއިރު އަޅުގަނޑުމެން މި ގެންގުޅެނީ މި ބްރޭންޑްގެ ދެ ޕްރޮޑަކްޓެއް. މި ޕްރޮޑަކްޓް ކޮންމެ އުމުރުފުރައެއްގެ ވެސް މޫނު ބައްޓަމަށް ފެތިގެންދާނެ"
ރީފްސައިޑްގެ ސީނިއަރ މާކެޓިންގ އެގްޒެކްޓިވް މުހައްމަދު އަހުސަން

މި ފްރޭމްއަށް ބްލޫޓޫތު މެދުވެރިކޮށް ކަނެކްޓް ކުރަން ޖެހެނީ ފޯނަށް ޑައުންލޯޑް ކުރާ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.

- ކޮމެންޓް