Advertisement
ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 13:33
ކުރީގެ ރައީސް މުހައްމަދު ނަޝީދާއިި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް މުހައްމަދު ނަޝީދާއިި ކުރީގެ ރައީސް އަބްދުﷲ ޔާމީން
މުހައްމަދު ޝަރުހާން
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ނަޝީދު ޔާމީނަށް: އެގްރިމެންޓްތައް އެފުށް މިފުށަށް ޖެހުން އެއީ ވެރިކަން ނުދޭނެ އެއް ސަބަބު
އެގްރިމެންޓްތައް އެފުށް މިފުށަށް ޖެހުމުން ދައުލަތަށް ލިބުނު މާލީ ގެއްލުން އެތަށް ބިލިއަނަކަށް އަރާފައިވޭ
އެމަނިކުފާނުގެ ސަރުކާރެއް އައިސްފިކަމުގައިވާނަމަ މިސަރުކާރުން ހަދާފައިވާ ހުރިހާ އެގްރިމެންޓެއް އެފުށް މިފުށަށް ޖަހާނެކަމަށް ޔާމީން ވިދާޅުވި
ޔާމީންގެ ސަރުކާރުން އެގްރިމެންޓްތައް ބާތިލްކުރުމުން ދައުލަތުން ބޮޑެތި ބަދަލުތަކެއްދޭންޖެހިފައިވޭ

މިހާރު މިއޮތް ސަރުކާރު ބަދަލުވެ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބޭ ދުވަހަކުން މި ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތައް އެފުށް މިފުށަށް ޖަހާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާއިގުޅިގެން އެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްދުދެއްވައިފި އެވެ.

Advertisement

ރައީސް ޔާމީންގެ ވާހަކަފުޅަށް ރައްދުދެއްވައި ރައީސް ނަޝީދު ވިދާޅުވީ އެގްރިމެންޓްތައް އެފުށް މިފުށަށް ޖެހުމުން ދައުލަތަށް ލިބުނު މާލީ ގެއްލުން އެތަށް ބިލިއަނަކަށް އަރާފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަލާލުމެއް ނެތި އަނެއްކާވެސް އެގްރިމެންޓްތައް އެފުށް މިފުށަށް ޖަހަން ވިސްނުމަކީ ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު ކަމަށެވެ.

ފޭރުމާ ދެކޮޅަށް ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ހަރު މުދާ ވިއްކަން އެމަނިކުފާނު ތާއީދު ނުކުރައްވާނެކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއް އައިސްފިކަމުގައިވާނަމަ މިސަރުކާރުން ހަދާފައިވާ ހުރިހާ އެގްރިމެންޓެއް އެފުށް މިފުށަށް ޖަހާނެ ކަމަށް ވިދާޅުވިއެވެ.

ﷲ ގެ ރަހުމަތާއި އެކީ ސަރުކާރު ބަދަލުވެއްޖެކަމަށް ވާނަމަ އަޅުގަނޑުމެންގެ ބާރު ހިނގާ ސަރުކާރެއް އައިސްފިކަމުގައިވާނަމަ މި ހުރި ހުރިހާ އެގްރިމެންޓެއް އެފުށް މިފުށަށް ޖަހާނަން. އަޅުގަނޑުމެން އެހާ މަސައްކަތުން އުފައްދާފައި މި ހުރި ހަރު މުދާތައް އެހެން ބަޔަކަށް ދާކަށް ދޫކޮށްލާކަށް ބޭނުމެއް ނުވޭ.
އަބްދުﷲ ޔާމީން

އެގްރިމެންޓައް އެފުށް މިފުށަށް ޖަހާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު މި ސަރުކާރުން ދަނީ ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އިތުރުން ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފެރީ ނިޒާމެއް ގާއިމްކުރުމުގެ އެއްބަސްވުމެއް ވެސް ގާއިމްކޮށްފައިވެ އެވެ.

އެއާޕޯޓު 35 އަހަރަށް އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖީއެމްއާރަށް ކުއްޔަށް ދިނީ ރައީސް ނަޝީދުގެ ވެރިކަމުގައއެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ދުނިޔޭގެ އެންމެ ބޮޑެތި ބޯޓުފަހަރު ކަމަށްވާ ޑަބަލް-ޑެކް އޭ-380 ޖައްސާނެ ރަންވޭއެއް ހުޅުވާފައިވާކަމަށާއި އެކަހަލަ އާޕޯޓެއް އެހެން ބަޔަކަށް ދޭންވީ ސަބަބެއް ނެތްކަމަށެވެ.

ޖީއެމްއާރާއެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލް ކުރި އެވެ. އޭގެ ފަހުން އެއާޕޯޓް ހިންގަމުން އަންނަނީ ސަރުކާރުގެ ކުންފުނި އެމްއޭސީއެލުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް