Advertisement
ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 11:31
ޝައިމް - އެ ކުއްޖީ ހޯދާފައިވަނީ ގެޔެއްގެ ތެރެއިން
ޝައިމް - އެ ކުއްޖީ ހޯދާފައިވަނީ ގެޔެއްގެ ތެރެއިން
މޯލްޑިވްސް ޕޮލިސް ސާރވިސް
ޝައިމް އަބްދުﷲ
ޝައިމް ފޮރުވައިގެން ގެންގުޅުނު މައްސަލަ އާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި
ޝައިމް ހޯދާފައިވަނީ ޖުލައި އެއްވަނަ ދުވަހު މާލޭގެ ގެއަކުން

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދި، ޝައިމް އަބްދުﷲ ފޮރުވައިގެން ގެންގުޅުނު މައްސަލަ އާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Advertisement

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމާބެހޭ ފަރާތްތަކަށް ފޮރުވައިގެން، ޝައިމް އަބްދުﷲ ގެންގުޅުނު މައްސަލާއާއި ގުޅިގެން ދެމީހަކު ހައްޔަރު ކުރެވިފައިވާކަމަށެވެ. ނަމަވެސް އެމީހުންގެ މައުލޫމާތެއް އާންމު ހާމައެއްނުކުރައްވަ އެވެ. އަދި އެ މީހުން ހައްޔަރުކުރެވުނު ތަނަކާއި، އެއާއި ގުުޅޭ އިތުރު މައުލޫމާތެއްވެސް ހިިއްސާއެއް ނުކުރައްވަ އެވެ.

އުމުރުން 14 އަހަރުގެ ޝައިމް ގެއްލިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ޖޫނު މަހުގެ 18 ވީ އަންގާރަ ދުވަހުއެވެ. ޝައިމް ހޯދާފައިވަނީ ޖުލައި އެއްވަނަ ދުވަހު މާލޭގެ ގެއަކުންނެވެ. އަދި މިހާރު ޝައިމް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ޝައިމް ގެއްލިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓަ އެވެ. އެ މައްސަލާގައި ގިނަ ބަޔެއްގެ ފާޑުކިޔުންތައް ޖެންޑާރ މިނިސްޓަރަށް އަމާޒުވިއިރު، މިނިސްޓަރ ޝިދާތާ ވަނީ ޝައިމް ފިލީ ކަމަށާއި، ފިލުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރިކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން މިހާރަށްވުރެ ރަނގަޅަށް ބެލުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް