Advertisement
ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 11:25
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ”އަމީނީ ޑައިމަންޑް ޖްބްލީ ރަން“ ގައި ބައިވެރިވެވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ”އަމީނީ ޑައިމަންޑް ޖްބްލީ ރަން“ ގައި ބައިވެރިވެވަޑައިގަތުން
ރައީސް އޮފީސް
އަމީނިއްޔާ ސްކޫލްގެ 75 ވަނަ އަހަރީ ދުވަސް
އަމީނިއްޔާ ސްކޫލްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ ދުވުމެއް
މި ދުވުމުގައި 2500 މީހުން ބައިވެރިވެފައިވޭ
ދުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، މިނިސްޓަރުވެސް ބައިވެރިވެވަޑައިގެންނެވިި

އަމީނިއްޔާ ސްކޫލުގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "އަމީނީ ޑައިމަންޑް ޖްބްލީ ރަން" ކުރިއަށްގެންގޮސްފި އެވެ.

ހުޅުމާލެގައި ކުރިއަށްގެންދިޔަ މި ދުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

Advertisement

އަމީނިއްޔާ ސްކޫލްގެ ޓީޗަރުންގެ އިތުރުން އަމީނިއްޔާގެ ކުރީގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުންވެސް ވަނީ އެކުދިންގެ ބެލެނިވެރިންނާއެކު ދުވުމުގައި ބައިވެރިވެފަ އެވެ. އެގޮތުން ދުވުމުގައި 2500 ފަރާތަކުން ބައިވެރިވެފައިވާކަމަށް އަމީނިއްޔާ ސުކޫލުން ބުންޏެވެ.

ދުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ރާއްޖެ.އެމްވީއާ ވާހަކަދައްކަވަމުން ފަޒްނާ ވިދާޅުވީ ދުޅަހެޔޮ، ހަށިހެޔޮ ސިއްހަތަކީ ސަރުކާރުގެ ވައުދެއްކަމަށާއި، ކުދިންނާއި ބެލެނިވެރިން މިފަދަ ދުވުމެއްގައި ބައިވެރިވުމަކީ ދުޅަހެޔޮކޮށް ހުރުމަށްޓަކާ ލިބިގެންދާ ވަރަށް ބޮޑު ހިއްވަރެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ”އަމީނީ ޑައިމަންޑް ޖްބްލީ ރަން“ ގައި ބައިވެރިވެވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

އޭގެއިތުރުން ދުވުމުގައި ބައިވެރިވެވަޑައިގެންނެވި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދަޅުވީ ސަރުކާރުގެ ސިޔާސަތަކީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާ ކުރުން ކަމަށާއި ސްކޫލްތަކުން އިސްނަގައިގެން މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުން ކުދިންނަށް ވަރަށް ރަނގަޅަށް މެސެޖެއް ލިބިގެންދާނެ ކަމަށެވެ.

ދުވުމާއި ގުޅެގޮތުން ވާހަކަދައްކަވަމުން އަމީނިއްޔާ ސުކޫލްގެ ޕްރިންސިޕަލް ނަޒްލީން ވާފިރް ވިދާޅުވީ "އަމީނީ ޑައިމަންޑް ޖްބްލީ ރަން" ގެ ނަމުން ބޭއްވުނު ދުވުމުގެ ހަރަކާތް ރޭވިގެންދިޔައީ އާއިލާ އާއި އެކު ވަގުތު ހޭދަކޮށްލާނެ މާހައުލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ދުޅާހެޔޮ ސިއްހަތުގެ މުހިއްމުކަން ދަސްކޮށް ދިނުމުގެ ބޭނުމުގައިކަމަށްވެސް ނަޒްލީން ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ”އަމީނީ ޑައިމަންޑް ޖްބްލީ ރަން“ ގައި ބައިވެރިވެވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

އަމީނިއްޔާ ސުކޫލްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރިއަށް ރޭވިފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޕްރިންސިޕަލް ވިދާޅުވީ، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގައި އިތުރު ހަރާކަތްތަކެއް ރޭވިފައިވާ ކަމަށެވެ. އެގޮތުން ބައިކް މޯލްޑިވްސް އާއި ގުޅިގެން ބޭއްވޭ ބައިސްކަލް ދުއްވާލުމެއްގެ ހަރަކާތެއްގެ އިތުރުން ފެއާއަކާއި ޕެރޭޑެއްބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ނަޒްލީން ވިދާޅުވި އެވެ.

މި ހަރާކާތަކީ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާއި ރެޑް ކްރެސެންޓްއާއި ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

1944 ގައި ހުޅުވުނު އަމީނިއްޔާ ސްކޫލަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލެވެ. ކުޜީގައި ސެކަންޑްރީއަށް ހަމައެކަނި އަންހެން ކުދިންނަށް ކިޔަވާދިން ނަމަވެސް 2011 ވަނަ އަހަރުން ފެށިގެން އަމީނިއްޔާގައި ޕްރައިމަރީ އަދި ސެކަންޑްރީ އަށް ފިރިހެން ކުދިންނަށާއި އަންހެން ކުދިންނަށް ދަނީ ކިޔަވާ ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް