Advertisement
ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 08:52
އެމްއޭސީއެލް ހިންގެވުމާއި ހަވާލުވެ ހުންނެވި މޫސާ ސޯލިހް
އެމްއޭސީއެލް ހިންގެވުމާއި ހަވާލުވެ ހުންނެވި މޫސާ ސޯލިހް
ރައީސް އޮފީސް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ
އެމްއޭސީއެލްއަށް އެމްޑީއަކު ނުލާ މަޑުކުރީ އެތަން ރީސްޓްރަކްޗަރ ކުރުމަށް: ރައީސް ސޯލިހު
އެކްޓިން އެމްޑީއަކު ކަނޑައެޅީ މިދިޔަ ނޮވެމްބަރ 14 ގައި
އެމްއޭސީއެލްއަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭކަމަށް ފެނިވަޑައިގަންނަވާ
ދިރާސާކުރުމަށްފަހު ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަމަށް ވިދާޅުވި

ސަރުކާރަށް ހަމަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މެނޭޖިން ޑިރެކްޓަރަކު ހަމަޖައްސާފައިނުވަނީ އެތަން ރީސްޓްރަކްޗަރ ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްއޭސީއެލްއަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށެވެ. އަދި އެކަމަށް ދިރާސާކުރުމަށްފަހު ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަމަށް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ އެމްއޭސީއެލްއަކީ އެކެއްގެ ދަށުގައި އޮވެ ހިންގާވަރަށްވުރެ ބޮޑު ތަނެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމްއޭސީއެލްއަކީ މިހާރު ވަރަށް ބޮޑު ތަނެއް. އެއާޕޯޓް ޓެކްނިކަލް އެތަށް މަސައްކަތެއް ކުރޭ. ވިޔަފާރި ކުރާބައެއް އެއީ. އެހެންވީމަ އެއަށް ބަދަލުތަކެއް ގެނެސް އެތަނަށް ސީއީއޯ އެއް ލާފައި ސީއީއޯ އަކާއި ސީއޯ އަކާއި މިހެން ކިޔާ މަގާމު ތަކެއް ހުރޭ، އެމްޑީންނާއި މިހެންގޮސް އެތަށް އެތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ފެންނާތީ އެ ދިރާސާ ކުރުމަށްފަހު އެތަނަށް ގެންނަން ޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނަން.
އިބްރާހިމް މުހައްމަދު ސޯލިހު / ރައީސުލްޖުމްހޫރިއްޔާ

އެމްއޭސީއެލްގެ އެކްޓިން އެމްޑީގެ މަގާމުގައި މިވަގުތު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑުބޭބޭފުޅު މޫސާ ސޯލިހެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާދިލް މޫސާ އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިހާރު އެކްޓިން އެމްޑީއަކަށް އޭރު ހުންނެވި މޫސާ ސޯލިހު ހުންނެވީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް